ޖޯން އަބްރަހަމްގެ "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ފަށައިފި

ސަތިޔަމޭވް ޖަޔަތޭގެ ޕޯސްޓަރެއް---

ކުޅަދާނަ އެކްޓަރު ލީޑު ރޯލުން ފެނިގެންދާ ވަރުގަދަ ފިލްމު "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ފަށައިފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމު "ސަތިޔަމޭވް ޖަޔަތޭ"ގެ ސީކުއެލް "ސަތިޔަމޭވް ޖަޔަތޭ 2"ގެ ޝޫޓިން ފެށީ އިންޑިއާގެ ލަކްނޯގަ އެވެ. ފިލްމުގެ ބައެއް މަންޒަރުތައް އުއްތަރަ ޕްރަދޭޝްގައި ވެސް ނަގާނެއެވެ. ޖޯން އާއެކު ފިލްމުން ފެނިގެންދާ އަންހެން ލީޑު ތަރި ދިވްޔާ ކޯސްލާ ކުމާރު ވެސް ވަނީ ފިލްމުގެ ޝޫޓިންއާ ގުޅިފަ އެވެ.

ޑައިރެކްޓަރު މިލަޕް ޒަވޭރީ ބުނީ ޝޫޓިން ފެށިގެންދިޔައިރު ފުރަތަމަ ޝޫޓްކުރާނީ ދެތަރިން އެކުގައި ފެނިގެންދާ ބައެއް މަންޒަރުތައް ކަމަށާއި ބާކީ ހުރި މަންޒަރުތައް ޝޫޓްކުރާނީ ފިލްމުގައި ފެނިގެންދާ ދެނ ތިބި ތަރިން ފިލްމުގެ ޝޫޓިންއާ ގުޅުމުން ކަމަށެވެ. އޭނާ ބުނީ ޝޫޓިން ފެށިއިރު ލައިވް ލޮކޭޝަންތަކުގައި ފިލްމުގެ މަންޒަރުތައް ނަގާއިރު އެތަން އެއްކޮށް ސީލްކޮށްފައި ބަހައްޓާނެ ކަމަށެވެ. އެއީ މަގުމަތީގައި މީހުން އެއްވިޔަ ނުދިނުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ސެޓުތެރޭ މަންޒަރުތައް ނަގާއިރު ސެޓުގައި ތިބޭނީ ހަމައެކަނި ކާސްޓާއި ކްރޫ މެންބަރުން އެކަނި ކަމަށް ވެސް ޑައިރެކްޓަރު ވަނީ ބުނެފަ އެވެ.

އަންނަ އަހަރުގެ މެއި މަހުގެ 12 ވަނަ ދުވަހު ސިނަމާތަކުގައި އަޅުވަން އަމާޒުހިފާފައިވާ މި ފިލްމުގެ ފުރަތަމަ ބައިން ފެނިގެންދިޔައީ ކޮރަޕްޝަނާ ދެކޮޅަށް ހިތްވަރުގަދަ ފުލުހެއް ކުރާ މަަސައްކަތްތަކެވެ.

comment ކޮމެންޓް