ދެ އަހަރުގެ ބްރޭކަކަށްފަހު ޝާކްރުކް ފިލްމީ މަސައްކަތް ފަށަނީ

ޝާހްރުކް ޚާން---

ދެހާސް އަށާރަވަނަ އަހަރު ކުޅުނު ފިލްމު "ޒީރޯ" އަށްފަހު ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ޚާން އެނބުރި މަސައްކަތަށް އަންނަން ތައްޔާރުވެއްޖެއެވެ.

ޖޯން އަބްރަހަމް، ޝާހްރުކް އަދި ދީޕިކާ ޕަދުކޯން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޕަތާން" ގެ މަސައްކަތް އަންނަ މަހު ފަށާއިރު ފިލްމުގެ ބައެއް މަންޒަރުތައް އިނގިރޭސިވިލާތުގައި ނެގުމަށް ވަނީ ހަމަޖެހިފައެވެ. ޝާހްރުކް އަންނަ މަހު ފިލްމުގެ ޝޫޓިން ފެށި ނަމަވެސް ޖޯން އާއި ދީޕިކާ ފިލްމާ ގުޅޭނީ ޖަނަވަރީ މަހުއެވެ.

މި ފަހަރުގެ ޝެޑިއުލްގައި ކިޔައިދޭނީ ޝާހުގެ ލަވް ސްޓޯރީގެ ބައެކެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުން ފެނިގެންދާނީ ރިވެންޖް ސްޓޯރީއެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކުރާ މި ފިލްމުވެގެންދާނީ ޝާހްރުކާ އެކު ޖޯން މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ނޮވެމްބަރު މަހު ފިލްމުގެ ޝޫޓިން ފެށިނަމަވެސް އާ އަހަރާއެކު މަސައްކަތް މެދުކަނޑާލުމަށްފަހު އަލުން މަސައްކަތް ފަށާނީ ޖަނަވަރީ މަހު މެދެއްހާ ތެރޭގައެވެ.

comment ކޮމެންޓް