ޕާކިސްތާންގެ އިދިކޮޅު ލީޑަރު ހައްޔަރުކޮށްފި

ޕާކިސްތާނުގެ އިދިކޮޅު ލީޑަރު ސަފްދާރު--

ޕާކިސްތާންގެ އިދިކޮޅު ލީޑަރެއް ކަމަށްވާ މުހައްމަދު ސަފްދާރު ހައްޔަރުކޮށްފިއެވެ.

ޕާކިސްތާނުގެ މުސްލިމް ނަވާޒް ލީގްއަށް ނިސްބަތްވާ ސަފްދާރަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ދަރިކަނބަލުން މަރިޔަމް ނަވާޒްގެ ފިރިކަލުންވެސްމެ އެވެ.

އޭނާ ހައްޔަރުކުރީ ކަރާޗީގައި ހޮޓަލެއްގައި ހުންނަވަނިކޮށެެވެ.

ސަފްދާރު ހައްޔަރުކުރިއިރު ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން މިދިޔަ އަންގާރަ ދުވަހު ވަނީ ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއްވެސް ކޮށްފަ އެވެ.

ސަފްދާރު ހައްޔަރުކުރީ ހޮޓަލުގެ ކޮޓަރީގައި ތިއްބާ ދޮރުވައްޓާލައިގެން ކަމަށްވެސް އެނާގެ އަނިބކަނބަލުން މަރިޔަމް ބުންޏެވެ.ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންގެ ވެރިކަން ވައްޓާލުމުގެ ގޮތުން އެގައުމުގައި މިހާރު ދަނީ ވަރުގަދަ މުޒާހަރާތަކެއް ބާއްވަމުންނެވެ. އެ މުޒާހަރާތައް ބާއްވަމުންދަނީ 11 އިދިކޮޅު ޕާޓީގެ މައްޗަށް އެކުލެވޭ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް)އިންނެވެ.

ޕާކިސްތާނުގެ އިދިކޮޅު ފަރާތްތަކުން ބުނީ ޚާން ވެރިކަމަށް 2018 ވަނަ އަހަރު ވަޑައިގެންނެވީ އެގައުމުގެ މިލިޓަރީ މެދުވެރިކޮށް ވޯޓު އޮޅުވާލައިގެން ކަމަށެވެ. އެ ތުހުމަތުތަކަށް ރައްދު ދެއްވައި ޚާން ވިދާޅުވީ މިއީ އިންޑިއާއިން އަޑީގައި އޮވެގެން ކުރަމުންދާ ތުހުމަތުތަކެއް ކަމަށެވެ. -- އަލްޖަޒީރާ

comment ކޮމެންޓް