ދިރާގު ޓީވީގެ ހުރިހާ ޗެނަލްތައް 450 ރުފިޔާއަށް!

ދިރާގު ޓީވީ ހިދުމަތަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށް، ދިރާގު ޓީވީގެ ހުރިހާ ޗެނަލްތައް މިހާރު 450 ރުފިޔާއަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

ދިރާގު ޓީވީ ޕްރޮމޯޝަންގެ މުއްދަތު އެކުންފުނިން އިތުރުކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަންގައި 100އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީގެ ހިދުމަތް 450 ރުފިޔާއަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ދިރާގުން ބުނީ މިއީ ކަސްޓަމަރުންނަށް އެންމެ ފަހުގެ ފިލްމުތަކާއި ޑްރާމާތައް އަދި މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތައް ހެޔޮ އަގެއްގައި ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.

ދިރާގު ޓީވީގައި ދިވެހިންގެ މެދުގައި އެންމެ މަޝްހޫރު ޓީވީ ޗެނަލްތަކުގެ ތެރޭގައި ހިމެނޭ ސްޓާގެ ޗެނަލްތަކާއި މުޅިން އާ ޒީގެ ޗެނަލްތައްވެސް ހިމެނޭނެ އެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އަދި އެންމެ ފުރަތަމަ އެޗްޑީ ކޮލިޓީގައި ޓީވީ ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓް ފޯރުކޮށްދޭ ޑިޖިޓަލް ޓީވީގެ ހިދުމަތެވެ.

ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ދިރާގުން ވަނީ ރާއްޖޭގެ 73 ޕަސެންޓު ގޭބިސީއަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދީފަ އެވެ.

އޭގެ ތެރޭގައި 53 ރަށް ހިމެނޭއިރު، ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށްވެސް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ދިރާގު ޓީވީއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް