ހޮންޑާ ސައިކަލު ކަމުދޭތަ؟ އެމްވީއެކްސް މޮޓޯސްއިން ލިބޭނެ

ދިވެހިންގެ މެދުގައި ސައިކަލު ބްރޭންޑްތަކުން އެންމެ މަގުބޫލު އެއް ބްރޭންޑަކީ ހޮންޑާ އެވެ. އާންމުންގެ މެދުގައި ހޮންޑާއަށް އޮތް ޑިމާންޑަށް ފޯރުކޮށްދިނުމަށްޓަކައި ސައިކަލު ވިޔަފާރީގައި ކުރިއަރަމުން އަންނަ އެމްވީއެކްސް މޮޓޯސްއިން ހޮންޑާގެ އެންމެ ފަހުގެ ސައިކަލުތައް ވަނީ ދިވެހިންނާ ހަމައަށް ގެނެސްދީފަ އެވެ.

އެމްވީއެކްސްއިން ވިއްކާ ސައިކަލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ހޮންޑާގެ ތިން މޮޑެލްއެއްގެ ހަ ވައްތަރެއްގެ ސައިކަލެވެ.

  • ހޮންޑާ އެއާބްލޭޑް
    • އެއާބްލޭޑް 125 (ސްޓޭންޑާޑް އަދި ބްލެކް އެޑިޝަން)
    • އެއާބްލޭޑް 150 (ސްޓޭންޑާޑް އަދި ސްޕެޝަލް އެޑިޝަން)
  • ހޮންޑާ ޕީސީއެކްސް 150 ހައިބްރިޑް
  • ހޮންޑާ ވިޝަން 110

ހޮންޑާ އެއާބްލޭޑް 150--


އާންމުންގެ ފަރާތުން މިހުރިހާ މޮޑެލްތަކަށް ވެސް ބޮޑު ތަރުހީބެއް ވަނީ ލިބިގެންގޮސްފަ އެވެ. އެއާބްލޭޑާއި ޕީސީއެކްސްއާ އަޅާބަލާއިރު ވިޝަންއަކީ ސައިޒުގެ ގޮތުން ކުޑަ ސައިކަލެކެވެ. އެމްވީއެކްސްގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި ވިޝަންއަށް އަންހެނުންގެ ފަރާތުން ލިބުނު ތަރުހީބު ވަކިން ބޮޑެވެ.

"އަޅުގަނޑުމެން ގެނައި ވިޝަންގެ ޝިޕްމަންޓް މިހާރު މުޅިން ވިކި ހުސްވެއްޖެ. ހުރިހާ ސައިކަލެއް ވެސް ގަތީ އަންހެން ބޭފުޅުން." އޭނާ ވިދާޅުވި އެވެ.

އެމްވީއެކްސް މޮޓޯސްއިން ވިއްކާ ހޮންޑާ ވިޝަން 110--

އެމްވީއެކްސްގެ ހީވާގި ޓީމުން ވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް އެތަނުން ވިއްކާ ސައިކަލްތަކަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

އެމްވީއެކްސްއިން ސައިކަލެއް ގަތް ކޮންމެ ފަރާތަކަށް ވެސް 2،000 ރުފިޔާގެ ޑިސްކައުންޓެއް ލިބުނު މި ޕްރޮމޯޝަނަށް ވެސް އާންމުންގެ ފަރާތުން ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފަ އެވެ.

މިހާރު އެމްވީއެކްސްގެ އަމާޒަކީ އެކުންފުނީގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށްޓަކައި ޝޯރޫމެއް ހުޅުވުމެވެ.

"ކުރިއަށް އޮތް މަހެއް ނުވަތަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ޝޯރޫމް ހުޅުވޭނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ. ޝޯރޫމް ހުޅުވުނީމަ އާފްޓަ ސޭލްސް ސާވިސްވެސް ފޯރުކޮށްދެވޭނެ." އޮފިޝަލް ވިދާޅުވި އެވެ.

އެމްވީއެކްސްއިން ފުލް ޕޭމަންޓް ދައްކައިގެން އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް އިންސްޓޯލްމަންޓް އުސޫލުން ވެސް ސައިކަލު ގަނެވޭނެ އެވެ. އަދި އެކުންފުނިން އަންނަނީ އިންސްޓޯލްމަންޓަށް ސައިކަލު ގަތުމަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައި މޯލްޑިވްސް އިސްލާމިކް ބޭންކާއި އެމްއެފްއެލްސީއާ ވެސް މަޝްވަރާ ކުރަމުންނެވެ.

އެމްވީއެކްސް މޮޓޯސްއިން ވިއްކާ ސައިކަލުތަކާ ގުޅޭ މައުލޫމާތު އެމްވީއެކްސްގެ އިންސްޓަގްރާމް، ފޭސްބުކް ޕޭޖް އަދި ހެނދުނު 9:00އާއި ހަވީރު 5:00އާ ދެމެދު 7779193 ނަންބަރަށް ގުޅައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް