އައްޑޫ ސިޓީގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އައްޑޫ ސިޓީ --

އައްޑޫ ސިޓީގައި މިދިޔަ ހޯމަ ދުވަހު ރޭ ދެ ގްރޫޕްއެއްގެ ދެމެދުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުުރުގެ ދަށުން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ދިވެހި ފިިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އައްޑޫ ސިޓީގެ ހިތަދޫގައި ހިންގި އެ މާރާމާރީގައި ތޫނުއެއްޗަކުން ޒުވާނަކަށް ހަމަލާދީ އޭނާގެ ގައިގެ އެތަންމިތަން ވަނީ ވަރަށް ފުންކޮށް ޒަހަމްކޮށްލައިފަ އެވެ. އޭނާގެ ހާލު މިހާރު "ސްޓޭބަަލް" ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

ޒަހަމްވި މީހާގެ ފޮޓޯތަކެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެގޮތުން އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަހަމްތަކެއް ދީފަ އެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތް ތިލައިން ބައެއް ވަނީ ބުރިކޮށްލައިފަ އެވެ.

comment ކޮމެންޓް