1،338 ޓެސްޓުން ޕޮޒިޓިވްވީ 22 މީހުން

ޖޫން 6، 2020: މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވި 24 ގަޑިއިރު ތެރޭ ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވީ 22 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

އެޗްޕީއޭ އިން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ 24 ގަޑިއިރު ތެރޭ ކޮވިޑް19 އަށް 1،388 ޓެސްޓު ކޮށްފައިވެއެވެ.

އޭގެ ތެރެއިން ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ 17 ދިވެހިންނާއި ފަސް ބިދޭސީންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ ތެރެއިން ހަތަރު މީހުން ފިޔަވައި އެހެން މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ.

މިހާތަނަށް ރާއްޖެއިން 11،232 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 10،201 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 987 އެވެ. އެކްޓިވް ކޭސްތައް ރާއްޖޭގެ 21 ރަށަކުންނާއި 18 ރިސޯޓަކުން ފެނިފައިވާއިރު، އެކްޓިވް ކޭސްތަކުގެ ތެރޭގައި 16 ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ 25 މުވައްޒަފުން ވެސް ހިމެނެ އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 37 މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް