ބިދޭސީއަކަށް ހަމަލާދިން ބިދޭސީއަކު ފޯކައިދުއިން ހައްޔަރުކޮށްފި

ފުލުހުންގެ ވެހިކަލެއް -- ފޮޓޯ: ޕޮލިސް

ށ. ފޯކައިދޫގައި ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދިން މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އޭގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލަ ރޭ 19:10 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި މައްސަލަ އާއި ގުޅިގެން 43 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތު ޖަހާފައިވާއިރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް