ބޫމީ އާއި ރާޖްކުމާރުގެ "ބަދާއީ ދޯ" ގެ ޝޫޓިން ޖަނަވަރީގައި

ބަތަލާ ބޫމީ އާއި ރާޖްކުމާރު ރާއޯ---

ދެހާސް އަށާރަ ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ބަދާއި ހޯ"ގެ ސީކުއަލް "ބަދާއީ ދޯ" ގެ ޝޫޓިން އަންނަ އަހަރު ފެށުމަށް ނިންމައިފި އެވެ.

އަޔޫޝްމަން ކުރާނާ ލީޑު ރޯލުން ފެނިގެންދިޔަ ބަދާއި ހޯ އަކީ ނޭޝަނަލް އެވޯޑުވެސް ލިބުނު ފިލްމެކެވެ. އެ ފިލްމަށް ލިބުނު ކާމިޔާބީއަށް ބެލުމަށްފަހު ފިލްމުގެ ސީކުއަލެއް ހަދަން ނިންމި ނަމަވެސް މި ފަހަރުގެ ފިލްމުން ފެނިގެންދާނީ އެހެން ތަރިންތަކެކެވެ.

ރާޖްކުމާރު ރާއޯ އާއި ބޫމީ ޕެޑްނޭކަރު ލީޑު ރޯލުން ފެނިގެންދާ ބަދާއީ ދޯ ގެ މަންޒަރުތައް ނަގަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުކަމަށް ބޫމީގެ ޓްވީޓްގައި ބުނެފައިވެއެވެ. މި ފިލްމުވެގެންދާނީ ބަތަލާ ބޫމީ އާއި ރާޖްކުމާރު އެކުގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.

ހަރްޝްވަދަން ކުލްކާނީ ފިލްމުގެ ދެވަނަ އިންސްޓޯލްމަންޓް ޑައިރެކްޓްކުރާއިރު ރާޖްކުމާރު މި ފިލްމުން ފެނިގެންދާނީ ދިއްލީ އަށް ނިސްބަތްވާ ފުލުހެއްގެ ރޯލުންކަމަށް ހަބަރުތައް ބުނެ އެވެ. ބޫމީ މި ފިލްމުން ފެނިގެންދާނީ ޕީޓީ ޓީޗަރެއްގެ ރޯލުންނެވެ. "ބަދާއީ ދޯ" އަކީ ލޯބީގެ ވާހަކަ އެއް ކިޔައިދޭ ފިލްމެކެވެ.

ބަދާއީ ހޯ އަކީ އަޔޫޝްމަން ކުރާނާ ލީޑް ރޯލުން ފެނިގެން ދިޔަ ފިލްމެކެވެ. ސަނާޔާ މަލޯތުރާ، ނީނާ ގުޕްތާ އަދި ގަޖްރާޖް ރާއޯ މުހިންމު ރޯލުތައް ކުޅެފައިވާ އެ ފިލްމުގައި ފެނިގެންދަނީ އާޔޫޝްމަންގެ ދުވަސްވީ މައިންބަފައިންނަށް ކުއްޖަކު ލިބެން އުޅޭ ޚަބަރާ އެކު އާޔޫޝްމަންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.

comment ކޮމެންޓް