ރާޖްކުމާރު އާއި ނުޝްރަތުގެ "ޗަލާންގް"ގެ ޓްރެއިލާ ދައްކާލައިފި

ބޮލީވުޑްގެ ދެ އެކްޓަރުން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ނުޝްރަތު ބަރޫޗާ ލީޑު ރޯލުން ފެނިގެންދާ ފިލްމު "ޗަލާންގް"ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ޝައުގުވެރި ގިނަ ކަންތައްތަކެއް ފިލްމުގެ ޓްރެއިލާއިން ފެނިގެންދިޔައިރު ޗަލާންގް ރިލީޒްކުރާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެމެޒޯން ޕްރައިމްގަ އެވެ. ހެންސަލް މެހެތާ ޑައިރެކްޓް ކޮށްފައިވާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ އަޖޭ ދޭވްގަން، ލަވް ރަންޖަން އަދި އަންކޫރް ގަރްގް އެވެ.

ސަރުކާރު ސްކޫލެއްގައި މަސައްކަތްކުރާ ފިޒިކަލް އެޑިޔުކޭޝަން ޓީޗަރެއްގެ ވާހަކަ ކިޔައިދޭ މި ފިލްމުގައި ޓީޗަރުގެ ރޯލު ކުޅެނީ ރާޖްކުމާރެވެ.

ފިލްމުގެ ޓްރެއިލާއާ އެކު ވަނީ މި ފިލްމުގެ އާ ޕޯސްޓަރެއް ވެސް އާންމުކޮށްފަ އެވެ. މި ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ މިދިޔަ މާޗު މަހުގަ އެވެ. ނަމަވެސް އޭރު އިންޑިއާ ސިނަމާތައް ބަންދުކޮށްފައި އޮތުމާއެކު ސިނަމާގައި ފިލްމު އެޅުވޭގޮތް ނުވީއެވެ.

comment ކޮމެންޓް