ކޮވިޑް ޖެހިގެން 37 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑަށް ފަރުވާދިނުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ މެޑިކަލް ފެސިލިޓީ --- ފޮޓޯ/ އެސްޓީއޯ

ކޮވިޑް ޖެހިގެން ރާއްޖެއިން 37 ވަނަ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 80 އަހަރުގެ އެ މީހާ މަރުވެފައިވަނީ މިއަދު 3:50 ހާއިރު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ބަލީގައި މީހަކު މަރު ނުވެ ތިން ހަފްތާ ފަހުން މި މަހުގެ 11 ވަނަ ދުވަހު ވަނީ 56 އަހަރުގެ ދިވެހި އަންހެނެއް އެ ބަލީގައި މަރުވެފަ އެވެ. އަދި އިއްޔެ ވެސް ރާއްޖޭގައި ކޮވިޑް ބަލީގައި ވަނީ މީހަކު މަރުވެފަ އެވެ. އެއީ 67 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ވަގުތު ކޮވިޑްގެ އެކްޓިވް ކޭސް ހުރީ 1138 ގަ އެވެ. އޭގެ ތެރެއިން 43 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 11،178 އެވެ. އޭގެ ތެރެއިން 10،097 މީހަކު ވަނީ އެބަލިން ރަނގަޅުވެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް