އޭރޯފްލޯޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

އޭރޯފްލޯޓުގެ ބޯޓެއް ވީއައިއޭގައި -- ފޮޓޯ: ވީއައިއޭ/ޓްވިޓާ

ރަޝިއާގެ ފްލެގް ކެރިއާ، އޭރޯފްލޯޓުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަން ނިންމައިފިއެވެ.

އޭރޯ ފްލޯޓުން ރާއްޖެއަށް ދަތުރުތައް މެދުކަނޑާލުމަށޤފަހު އަލުން ދަތުރުތައް ފެށީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. އެ އެއާލައިނުން ރާއްކޖެ އާއި ރަޝިއާ އާއި ދެމެދު މިހާރު ހަފްތާ އަކު ދެ ދަތުރު ބާއްވައެވެ.

ދަތުުރުތައް އިތުރުކޮށް ހަފްތާއަކު ހަތަރު ފްލައިޓު ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ބާއްވަން މިހާރު ވަނީ ނިންމައިފައެވެ.

ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ދަތުރުތައް އިތުރު ކުރާއިރު އެ ގައުމުގެ ނޯޑްވިންޑް އެއާލައިނުން ވަނީ މިމަހުގެ 27 އިން ފެށިގެން ރާއްޖެ އާއި ރަޝިއާ އާއި ދެމެދު ދަތުރުތައް ފަށަން ނިންމައިފައެވެ.

ރަޝިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން ދަނީ އިތުރުވަމުންނެވެ.

ކޮވިޑް19ގެ ހަލަތުގައި މާޗު މަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ގައި އަލުން ހުޅުވާލިފަހުން މިމަހުގެ 15ގެ ނިޔަލަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާ އިންނެވެ. އެ މުއްދަތުގައި 4،817 ފަތުރުވެރިން ރަޝިއާ އިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.

comment ކޮމެންޓް