ވަރުން އަށް ރާއްޖެ ނައިސް ނުހުރެވުނު، މި ފަހަރު ޗުއްޓީ ސޮނެވާފުށީގައި

ވަރުން ރާއްޖެ އައިސް ނެގި ފޮޓޯ---

މީގެ ކުރިން ވެސް ރާއްޖޭގެ ހިތްގައިމު މާހައުލުގައި ޗުއްޓީ ހޭދަކުރި ކުޅަދާނަ ބަތަލު ވަރުން ދަވަން އަނެއްކާވެސް ރާއްޖެ އައިސްފި އެވެ.

ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ވަރުން މިފަހަރު ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާފުށީގަ އެވެ. ރާއްޖެ އައިސް އެ ރިސޯޓުގެ ޕޫލްގައި ހުރެ ނަގާފައިވާ ފޮޓޯއެއް ވަރުން ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

މި ލޮކްޑައުންގެ ތެރޭގައި ވަރުން ގޭގައި ހުރެގެން ކަސްރަތުކުރުމަށް ހާއްސަ ސަމާލުކަމެއް ދިން އިރު އޭނާ އިންސްޓާ ސްޓޯރީގައި ހިއްސާކުރާ ވީޑިއޯ ކުލިޕްތަކުން ހިތްފަސޭހަ އަރާމު މާހައުލަކަށް އަންނަން ބޭނުންވެފައިވާ ވަރު ހާމަވެގެންދެ އެވެ. ބެލެވޭ ގޮތުގައި ވަރުން ރާއްޖެ އައިސްފައި ވަނީ އެނބުރި މަސައްކަތް ފެށުމުގެ ކުރިން ސިކުނޑިއަށް ލުއެއް ދިނުމަށެވެ. ފުލުފުލުގައި ފިލްމުތަކުގެ މަސައްކަތް ކުރަން ހުރި ވަރުން އަންނަ މަހު ރާޖް މެހެތާގެ ފިލްމެއްގެ މަސައްކަތް ފަށާނެ އެވެ.

މި ފަހަރު ވަރުން ރާއްޖެ އައީ ކޮން ބަޔަކާއެއްކޮށް ކަމެއް ނޭނގެ އެވެ. އޭނާ އިންސްޓަގްރާމަށް ހިއްސާކުރި ޕޯސްޓްތަކުން ފެނިގެންދަނީ އޭނަ އެކަންޏެވެ.

އެކްޓަރު ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުންދާއިރު މީގެ ކުރިން ބަތަލާ މޯނީ ރޯއީ ވެސް ވަނީ ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި ދާދިފަހުން އެކްޓަރު ތާޕްސީ ޕަންނޫ ވެސް ވަނީ ރާއްޖޭގެ މާހައުލުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިއާއަށް ގޮސްފަ އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ވަރުން އާ އަހަރު ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ. ވަރުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު ރާއްޖެއަކީ ބޮލީވުޑްގެ ފަންނާނުންގެ މެދުގައި މަގުބޫލު މަންޒިލެކެވެ.

comment ކޮމެންޓް