"ތަލައިވީ" އަށް ފަހު ކަންގަނާ ބަރުދަން ލުއިކުރަން ފަށައިފި

ކަންގަނާ ރަނައުތު --

ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަލައިވީ"ގެ ފުރަތަމަ ޝެޑިއުލްގެ ޝޫޓިން އެއްކޮށް ނިންމާލުމަށް ފަހު ބަރުދަން ލުއި ކުރުމުގެ މަސައްކަތް އޭނާ ފަށައިފި އެވެ.

އެކްޓަރު ކަންގަނާ ލީޑު ރޯލު ކުޅޭ އެ ފިލްމު ކުޅުމަށް އޭނާ ވަނީ 20 ކިލޯ ބަރުކޮށްފަ އެވެ. ނަމަވެސް ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ފެށޭނީ ކަންގަނާގެ ބަރުދަން ލުއިވުމުންނެވެ. ކަންގަނާ ބުނީ ފިލްމު ކުޅެން ބަރުދަން އިތުރު ކުރަންޖެހޭކަން އެނގުމުން ވަރަށް އުފާވި ކަމަށާއި އެންމެ އުފާވީ ބޭނުން އެއްޗެއް ކެއުމުގެ ފުރުސަތު ލިބުމުން ކަމަށެވެ. ނަމަވެސް ބަރުދަން ލުއިކުރުމަކީ ބޮޑު ސަޒާއެއް ކަމަށް ކަންގަނާ ބުންޏެވެ.

މިދިޔަ ބުދަ ދުވަހު އޭނާ ކަސްރަތު ކުރަން ހުއްޓާ ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާކުރަމުން ބުނީ ތަލައިވީ ކުޅުމަށް 20 ކިލޯ ބަރުކުރި ކަމަށާއި ކުރިން ހުރި ވަރަށް މިހާރު ބަރުދަން ލުއިކުރުމުގެ މަސައްކަތް މި ފެށީކަމަށެވެ. އަދި ހެނދުނު ހެނދުނާ ދުވަންދާން ވެސް މިހާރު ފަށާފައިވާ ކަމަށް ވެސް ބަތަލާ ބުންޏެވެ.

އެ ފިލްމަކީ ޓަމިލް ނާޑޫގެ ކުރީގެ ޗީފް މިނިސްޓަރު ޖޭ ޖަޔާލަލީތާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމުގައި ޖޭ ޖަޔާލަލީތާ އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ލީޑަރަކަށްވެގެން ދިޔަ ގޮތް ދައްކުވައިދޭނެ އެވެ. އެ ފިލްމު ހިންދީ ބަހުންނާއި ތަމިލް ބަހުން ރިލީޒް ކުރުމަށް ހަމަޖެހިފައިވެ އެވެ.

comment ކޮމެންޓް