ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނޮވެމްބަރު 11 އަށް ނިންމަނީ

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް މިއަދު ވަޑައިގަތުމުން ރައްޔިތުން މަރުހަބާ ދެންނެވުމަށް ސަފު ހަދާލައިގެން ----

ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރަމުން އަންނަނަ އެމްޓީސީސީގެ ސީއީއޯ، އާދަމް އާޒިމް މިއަދު އެ ރަށަށް ވަޑައިގެން އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފަ އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އެ ރަށަށް މިއަދު ވަޑައިގަތް ----

އެމްޓީސީސީން މިއަދު ބުނީ ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނޮވޮމްބަރު މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދަނީ ---

މި މަޝްރޫއުގެ ދަށުން އެއާޕޯޓު އިން ވަކިކުރުމަށް 720 މީޓަރުގެ ސަރަހައްދެއްގައި ފެންސް ޖަހާނެ އެވެ. އެ ހުރިހާ މަސައްކަތެއް ވެސް ކުރަމުން އަންނަނީ އެމްޓީސީސީ އިންނެވެ.

ހޯރަފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 842،200 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގަ އެވެ. އަދި 1،120 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީ އިން ކޮށްފައިވެ އެވެ.

އެ އެއާޕޯޓުގައި މިހާރު ކުރަމުން އަންނަނޯ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރުމުގެ މަސައްކަތެވެ.

comment ކޮމެންޓް