ވަޒީފާއަށް ނެރުން މަޑުޖައްސާލި ހުސައިން ޝަރީފް ވަޒީފާއަށް ނުކުންނަން ފަށައިފި

އިސްލާމިކް މިނިސްޓްރީގެ ނައިބްގެ މަގާމަށް އައްޔަނު ކުރެއްވި ހުސައިން ޝަރީފް: މިހާރު އޭނާ ވަނީ ވަޒީފާއަށް ނުކުންނަން ފަށާފައި -- ފޮޓޯ/ ޑރ. ޝަހީމް ފޭސްބުކް ޕޭޖް

އިސްލާމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރުމަށްފަހު، ވަޒީފާއަށް ނެރުން މަޑު ޖައްސާލި ހުސައިން ޝަރީފު ވަޒީފާއަށް ނުކުންނަ ފަށަައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާ އެކު ކެމްޕޭންގައި އިސްކޮށް އުޅުއްވި، ހުސައިން ޝަރީފަށް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ ނައިބުގެ މާގާމް ދިފައިވަނީ، މިދިޔަ އަހަރު އޮގަސްޓް މަސް ތެރޭގަ އެވެ.

ޑރ. ޝަހީމްއާއެކު އޭނާ ކެމްޕޭންގައި އުޅުއްވައި ފޮޓޯތަކެއް އާންމުވުމާ އެކު އެމްޑީޕީގެ އެކި ފަރާތްތަކުން ވަނީ ސަރުކާރަށް އޭރު ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެއާއެކު އޭނާ ވަޒީފާއަށް ނުކުތުން މަޑުޖައްސާލުމަށް ރައީސް އޮފީހުން އެނގިއެވެ.

ހުސައިން ޝަރީފް: ފާޑުކިޔުންތަކާއި އެކު ވަޒީފާއަށް ނުކުތުން މަޑު ޖައްސާލުމަށްފަހު، އޭނާ މިހާރު ވަނީ ވަޒީފާއަށް ނުކުކުންނަށް ފަށާފައި ----

މިހާރު އޭނާ ވަޒީފާއަށް ނުކުންނަ ފަށާފައިވާ ކަން އިސްލާމިކް މިނިސްޓްރީން "ސަން"އަށް ކަށަވަރުކޮށްދެއެވެ. ނަމަވެސް އޭނާ ވަޒީފާއަށް ނުކުންނަ ފެށީ ކޮން އިރަކު ކަމެއް އަދި ސާފެއް ނުވެއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އާދަލަތު ޕާޓީގެ ސްލޮޓެއްގައި އެ މަގާމަށް އައްޔަން ކުރި ހުސައިން ޝަރީފާ ހަވާލުކޮށްފައިވަނީ ކީރިތި ގުރުއާނާ ބެހޭ މަރުކަޒު ހިންގުމެވެ.

އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ވަނީ އޭނާ މަގާމުން ދުރުކުރުމަށް އޭރު ތަކުރާރުކޮށް ގޮވާލާފަ އެވެ. އަދި އެކަމަށް ތާއިދުކޮށް އެމްޑީޕީއަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ ޓްވީޓް ކުރައްވާފަ އެވެ.

ހުސައިން ޝަރީފަކީ ބެޗެލާ އޮފް ޝަރީއާ އެންޑް ލޯއިން އޮނާސް ހާސިލްކޮށް ފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ވޭތުވެދިޔަ 20 އަހަރު އަމިއްލަ ވިޔަފާރި ކުންފުނިތަކުގައި މެނޭޖަރު ފެންވަރުގެ މަގާމްތައް ފުރުއްވާފައެވެ.

https://sun.mv/124247

ހުސައިން ޝަރީފާއެކު އިތުރު ދެ ނައިބު މިނިސްޓަރު އިސްލާމިކް މިނިސްޓްރީގައި ތިއްބަވައެވެ. އޭގެ އިތުރު ނައިބު ފެންވަރުގެ އިތުރު ދެ މަގާމުގައި ދެ ބޭފުޅު ތިއްބަވައެވެ.

comment ކޮމެންޓް