އެކްޝަން ތުރިލާއަކަށް ސިދާތު ސޮއިކޮށްފި

ޒުވާން އެކްޓަރު ސިދާތު މަލްހަތްރާ---

ބޮލީވުޑްގެ ޒުވާން އެކްޓަރު ސިދާތު މަލްހަތްރާ، 35، އެކްޝަން ތުރިލާ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ ޕްރޮޑިއުސްކުރާ މި ފިލްމުގެ ނަން އަދި ހާމަކޮށްފައިނުވާއިރު މި ފިލްމާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ބޮޑު ބަޖެޓަކުން ހަދާ މި ފިލްމުގެ ސްކްރިޕްޓް ކިޔަން ސިދާތަށް ދިނުމުން އެ ވާހަކަ އޭނާއަށް ކަމުގޮސް ފިލްމު ކުޅެން އެއްބަސްވި ކަމަށް ޚަބަރުތައް ބުނެ އެވެ.

އަންނަ ފެބްރުއަރީ މަހު މި ފިލްމުގެ ޝޫޓިން ފަށާއިރު ފިލްމުގައި ސިދާތު ކުޅޭނީ ޕާކިސްތާނުގެ ރޯ އެޖެންޓެއްގެ ރޯލެވެ. އެކްޓަރު ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ ތާރާ ސުތައިރާ އާއެކު "މަރްޖާވާން" އިންނެވެ. އެ ފިލްމަށް ވެސް ބޮޑު ތަރުހީބެއް ލިބުނެވެ.

އޭނާގެ ކުރިއަށް އޮތް ފިލްމަކީ އިންޑިއާގެ ކުރީގެ އަސްކަރީ އޮފިިސަރު ވިކްރަމް ބަޓްރާގެ ބައޮގްރަފިކަލް ޑްރާމާ "ޝޭރްޝާހް" އެވެ.

އެކްޓަރު ސިދާތު ބޮލީވުޑަށް ތައާރަފްވީ 2012 ވަނަ އަހަރު ނުކުތް ފިލްމު "ސްޓޫޑެންޓް އޮފް ދަ އިޔާ" އިންނެވެ. އެ ފިލްމަކީ އާލިއާ ބަޓް އާއި ވަރުން ދަވަން ވެސް ބޮލީވުޑަށް ތައާރަފްވި ފިލްމެވެ.

comment ކޮމެންޓް