ދަރިފުޅަށް ވަގުތު ނުދެވޭތީ ރާޖްޝްރީ "ޝާދީ މުބާރަކް" އިން ވަކިވެއްޖެ

ޝާދީ މުބާރަކް އިން ފެނިގެންދާ ލީޑު ތަރިން--

މިދިޔަ އޮގަސްޓް މަހު ސްޓާޕްލަސްއިން ދައްކަން ފެށި ހިންދީ ޑްރާމާ ސިލްސިލާ "ޝާދީ މުބާރަކް"ގެ ބަތަލާ ރާޖްޝްރީ ތާކްރޫވް އެ ޝޯ ދޫކޮށްލައިފި އެވެ.

ރާޖްޝްރީ ބުނީ އޭނާ އެ ޝޯ އިން ވަކިވީ ބިޒީ ޝެޑިއުލްގެ ސަބަބުން ދަރިފުޅަށް އެކަށީގެންވާ ވަގުތު ނުދެވޭތީ ކަމަށެވެ. ކޮންމެ ދުވަހަކު 12 ގަޑިއިރު ޝޫޓްކުރުމުގައި އުޅެންޖެހޭ ކަމަށާއި އަދި އޭނާގެ ތިން އަހަރުގެ ދަރިފުޅަށް ވެސް ވަގުތު ނުދެވޭތީވެ އެ ޝޯ ދޫކޮށްލީ ކަމަށެވެ. ބަތަލާ ބުނީ ޝޯއިން ވަކިވުމުގެ ކުރިން ޕްރޮޑިއުސަރު ގާތު އެ ވާހަކަ ބުނެފައިވާނެ ކަމަށާއި އެންމެ ފުރަތަމަ ބެލީ އެ ޑްރާމާ އިން ވަކިނުވެ ޝެޑިއުލަށް ލުއި ގޮތަކަށް ޝޫޓް ކުރެވޭތޯ ކަމަށެވެ.

ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނުމުން ޕްރޮޑިއުސަރުންނާ ވާހަކަދެއްކުމަށް ފަހު އެ ޑްރާމާއިން ވަކިވީ ކަމަށެވެ. "ޝާދީ މުބާރަކް"ގައި ރާޖްޝްރީ ކުޅެމުން ދިޔަ ޕްރީތީ ޖިންދާލްގެ ރޯލް ދެން ކުޅޭނީ އެކްޓަރު ރާޓީ ޕާންޑޭ އެވެ. އޭނާ ވަނީ މިހާރު އެ ޑްރާމާގެ ޝޫޓިން ތަކުގައި ވެސް ބައިވެރިވާން ފަށައިފަ އެވެ.

comment ކޮމެންޓް