ބަތަލާ އަމްރިތާ ރާއޯ އަށް ދަރިއަކު ލިބެނީ

އަމްރިތާ އާއި އޭނާގެ ފިރިމީހާ އަންމޯލް--

ބޮލީވުޑްގެ ބަތަލާ އަމްރިތާ ރާއޯ، 39، އަށް ދަރިއަކު ލިބެން އުޅޭކަން ހާމަކޮށްފި އެވެ.

ޝާހްރުކް ޚާން އާއެކު "މޭ ހޫނާ" އިން ފެނިގެންދިޔަ ބަތަލާ އަމްރިތާ ބަނޑުބޮޑުކަން ހާމަވީ އޭނާ އާއި އޭނާގެ ފިރިމީހާ ކްލިނިކަކަށް ގޮސް ހުއްޓާ ނެގި ފޮޓޯތަކަކުންނެވެ. ވައިރަލްވި ފޮޓޯތަކުން އޭނާގެ ބަލިވެއިންކަން އެނގިގެންދިޔަ އެވެ. އެއާއެކު އޭނާގެ ފޭނުން މަރުހަބާކޮށް ސޯޝަލް މީޑިއާގައިވަނީ ޝުއޫރު ވެސް ފާޅުކޮށްފަ އެވެ.

ބަނޑުބޮޑުވުމާ ގުޅިގެން ބަތަލާ އަމްރިތާ ބުނީ މަންމައަކަށް ވާން އުޅޭކަން އަދިވެސް ގަބޫލުކުރަން އުނދަގޫ ކަމަށާއި އެ އިހްސާސް ކުރެވޭނީ ދަރިފުޅު އުފަންވުމުން ކަމަށެވެ. އަމްރިތާ ބުނީ އޭނާ ބަނޑުބޮޑުކަން އެނގުނީ ފިރިމީހާ އަންމޯލް އަށް ކަމަށެވެ. ޕްރެގްނެންސީ ރިޕޯޓް ހިފައިގެން ގެއަށް އައިސް އެ ވާހަކަ އޭނާ ގާތު ބުނީ ވެސް އަންމޯލް ކަމަށެވެ.

ހަތް އަހަރަށްވުރެ ގިނަ ދުވަސްވަންދެން ލޯބީގެ ގޮތުން އުޅުމަށް ފަހު އަންމޯލް އާއި އަމްރިތާ ކައިވެނިކުރީ 2016 ވަނަ އަހަރުގަ އެވެ. މި ދަރިފުޅުވެގެންދާނީ އެދެމަފިރިންގެ އަލަތު ދަރިފުޅަށެވެ.

އަމްރިތާ ކުޅުނު ބައެއް ފިލްމުގެ ތެރޭގައި ޝާހިދު ކަޕޫރުގެ "ވީވާ"، "އިޝްކް ވިޝްކް" އަދި "ޖޯލީ އެލްއެލްބީ" ހިމެނެ އެވެ.

comment ކޮމެންޓް