ބިގް ބޮސް14: ގެ ދޫކޮށް ދާންޖެހުނު ފުރަތަމަ ބައިވެރިއަކަށް ސާރާ

ބިގް ބޮސް 14 އިން ވަކިވާންޖެހުނު ފުރަތަމަ ބައިވެރިޔާ ސާރާ--

ކަލާޒް ޗެނަލުން ގެނެސްދޭ ރިއަލިޓީ ޝޯ ބިގް ބޮސް 14 މި މަހުގެ ތިން ވަނަ ދުވަހު ފެށިއިރު މިފަހަރު ބިގް ބޮސް ގެއިން ޖާގަ ލިބުނު ބައިވެރިޔާ ސާރާ ގުރްޕާލް ޝޯ އާ އަލްވަދާއު ކިޔާފިއެވެ.

ބިގް ބޮސް ފެށިގެން އެ ޝޯގެ ކުލަވަރު އަދި ނުފެންނަނީސް ސާރާ ޝޯ އިން ކެޓީ އެ ޝޯގެ "ސީނިއާ ބައިވެރިން" ކަމަށްވާ ސިދާތު ޝުކްލާ، ހީނާ ޚާން އަދި ގޯހަރް ޚާން ގެ ރުހުން ނުލިބުމާއެކުގައެވެ. އެ ތިން މި ބައިވެރިން މި ސީޒަނުގައި ބައިވެރިކުރަން ނިންމީ މި ފަހަރުގެ ޝޯ އިތުރަށް ފޯރިގަދަކުރުމަށްޓަކަ އެވެ.

ޕަންޖާބުގެ ލަވަކިޔުންތެރިޔާ އަދި މޮޑެލް ސާރާ ބިގް ބޮސް ގެއަށް ވަނީއްސުރެ ފެނިގެންދިޔައީ ވަރަށް އާދައިގެ މީހެއްގެ ގޮތުގައެވެ. އޭނާގެ ކިބައިން ގިނަ ކަންތައްތަކެއް ފެނިގެންނުދާއިރު ސާރާ ފާހަގަކުރެވިފައިވަނީ ކަންތައްތަކާއި އަބަދު ރޯ ބައިވެރިއެއްގެ ގޮތުގައެވެ.

އެގާރަ ބައިވެރިންނާއެކު ބިގް ބޮސް 14 ކުރިއަށްދާއިރު ޝޯގައި ރަސްމީކޮށް ޖާގަ ކަށަވަރުވާނީ "ސީނީއާ ބައިވެރިން"ގެ ރުހުމާއެކުގަ އެވެ. ސީނިއާ ބައިވެރިންގެ ރުހުމާއެކު ޝޯގައި ރަސްމީކޮށް ޖާގަ ކަށަވަރުވެފައިވަނީ އެންމެ ބައިވެރިއަކަށެވެ. އެއީ ދެކުނު ފިލްމު އިންޑަސްޓްރީގެ ބަތަލާ ނިކީ ތަމްބޯލީ އެވެ.

comment ކޮމެންޓް