72 ދަޅު ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެއިން ފުލުހުން ބަނގުރަލާއެކު އަތުލައިގަތް ކާރު --- ފޮޓޯ/ ޕޮލިސް

ހުޅުމާލެއިން 72 ދަޅު ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެތަކެތި ފެނިފައިވަނީ، ރޭ ހުޅުމާލެ ޕޮލިސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކާރެއް ބަލައިފާސްކުރަނިކޮށެވެ.

ފުލުހުން ބުނީ، އެ ކާރު ފާސްކުރީ ރޭ 10:07 އެހާކަންހާއިރު ހުޅުމާލެ ކޭލިގެމަތަ ބަސް ސްޓޮޕް ކައިރިން ކަމަށެވެ.

"އެ ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު އެކާރުގެ ޑިކީ ތެރޭގައި ހުރި ކޫލް ބޮކްސް އެއްގެ ތެރެއިންނާއި ޑިކީ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން 72 ދަޅު ބިޔަރު ފެނިފައިވޭ،" ފުލުހުން ބުންޏެވެ

އެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ، 37 އަހަރުގެ ފިރިހެނަކާއި 40 އަހަރުގެ ފިރިހެނަކެވެ. އެދެމީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުންޏެވެ.

މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް