ގެސްޓްހައުސްތައް ހުޅުވާލައި ފަތުރުވެރިންނަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު މާފުށްޓަށް

މަފުއްޓަށް ދިވެހިންތަކެއް ޒިޔާރަތް ކުރަނީ --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ކޮވިޑަށް ބަންދުކުރުމަށް ފަހު މާދަމާ ގެސްޓްހައުސްތައް އަލުން ހުޅުވާލައި ގެސްޓްހައުސްތަކަށް ޓޫރިސްޓުންނަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކ. މާފުއްޓަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ މިނިސްޓަރުގެ މި ދަތުރުފުޅަކީ ގެސްޓްހައުސްތައް އަލުން ހުޅުވާލުމަށާއި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މާދަމާއަށް އެ ރަށުގައި އިތުރު ހަރަކާތްތަކެއް ރާވާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ. އެހެން ނަމަވެސް އެ ހަރަކާތްތަކުގެ ތަފްސީލު ހިއްސާކޮށްފައި ނުވެ އެވެ.

މާފުށްޓަކީ ގެސްޓްހައުސް ވިޔަފާރި ކުރާ ރަށްރަށުގެ ތެރެއިން އެންމެ ކުރީގައި އުޅޭ އެއް ރަށެވެ. އެގޮތުން މާފުށީގައި 35 ގެސްޓްހައުސްއަށް ވުރެ ގިނަ ގެސްޓްހައުސް ހުރިއިރު، އެނދުގެ އަދަދު ހުރީ 1،100އަށް ވުރެ މަތީގަ އެވެ.

comment ކޮމެންޓް