އަންނަ އަހަރު އެވިޑް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިިފި

އެވިޑް ކޮލެޖުން ބޭއްވި ވާޗުއަލް އޯޕަން ޑޭގެ ތެރެއިން-- ފޮޓޯ: އެވިޑް ކޮލެޖު

އަންނަ އަހަރު އެވިޑް ކޮލެޖުން ފަށާ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް އިއްޔެ މެންދުރުފަހު ބޭއްވި ވާރޗުއަލް އޯޕަންޑޭގެ ހަރަކާތުގައި އެވިޑް ކޮލެޖުން ފެށުމަށް ހަމަޖައްސާފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސުތު އިއްޔެއިން ފެށިގެން ވަނީ ހުޅުވާލައިފައެވެ.

އެވިޑް ކޮލެޖުން ބުނީ ތަފާތު ގިނަ ދާއިރާތަކަކުން ހަތްދިހައަށް ވުރެ ގިނަ ކޯސް ޖެނުއަރީ މަހު އެވިޑް ކޮލެޖުގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވެއެވެ.

އަންނަ އަހަރު ހުޅުވާލާ ކޯސްތަކުގެ ތެރޭގައި ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕްރޮޖެކްޓް މެނޭޖްމެންޓް، ހިއުމަން ރިސޯރސް މެނޭޖްމެންޓް، އެކައުންޓިންގ އެންޑް ފައިނޭންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އޮފީސް މެނޭޖްމެންޓް، އެޑިއުކޭޝަނަލް ލީޑަޝިޕް، ޓީޗިންގ ސެކަންޑްރީ، ޓީޗިންގް ޕްރައިމަރީ، އާރލީޗައިލްޑްހުޑް އެޑިޔުކޭޝަން، ޝަރީއާ އެންޑް ލޯ، ޤުރުއާން ޓީޗިންގް، ސައިކޮލޮޖީއާއި ކައުންސެލިންގް އަދި އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން ހިމެނެއެވެ.

އެ ކޯސްތަކުގެ ސެޓްފިކެޓް ލެވެލް، ޑިޕްލޮމާ ލެވެލް، އެސޯސިއޭޓް ޑިގްރީ ލެވެލް، ބެޗްލަރސް ޑިގްރީ ލެވެލް އަދި މާސްޓާސް ލެވެލްގެ ކޯސްތައް އެވިޑް ކޮލެޖްގައި މިހާރުވެސް ދަނީ ހިންގަމުންނެވެ.

އެވިޑް ކޮލެޖުން ބޭއްވި ވާޗުއަލް އޯޕަން ޑޭގައި އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު-- ފޮޓޯ: އެވިޑް ކޮލެޖް

އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދުގެ ލޮބުވެތި ބައްޕަގެ ނަމުގައި ދެމުން ގެންދާ "ނައިބުރަޝާދު ސްކޮލަޝިޕް" ފުރުސަތުގެ ގޮތުގައި މިފަހަރުވެސް 30 ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އެގޮތުން އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހަށް ހާއްސަކޮށްގެން މާސްޓާސް ފެންވަރުގެ ދެ ފުރުސަތު، ޑިޕްލޮމާ ފެންވަރުގެ ތިން ފުރުސަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް 15 ފުރުސަތާއި އަދި މާލޭގައި ހުންނަ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހަށް ހާއްސަކޮށްގެން މާސްޓާސް ލެވެލްގެ ދެ ފުރުސަތު، ޑިޕްލޮމާ ލެވެލްގެ ތިން ފުރުސަތު އަދި ފައުންޑޭޝަން ލެވެލްގެ ކޯސްތަކަށް ފަސް ފުރުސަތު ދޭން ވަނީ ނިންމައިފައެވެ.

އެވިޑް ކޮލެޖަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ބޮޑު އަމިއްލަ އެއްކޮލެޖެވެ. އެކޮލެޖުގައި އަބަދުވެސް ކޯސްތައް ހިންގަނީ އާންމު ރައްޔިތުންނަށް އަތްފޯރާފަދަ އަގެއްގައި ދަރިވަރުންނަށް ފަސޭހައިން ފައިސާ ދެއްކޭގޮތަށް ބައްޓަންކޮށްގެންނެވެ. މިހާރުވެސް އެވިޑް ކޮލެޖްގައި އެކިއެކި ކޯސްތަކުގައި ދެހާހަށްވުރެ ގިނަ ދަރިވަރުން މަތީ ތަޢުލީމު ހާސިލްކުރަމުންގެންދެއެވެ.

އެވިޑްގެ ކޯސްތަކާބެހޭ މައުލޫމާތާއި ސްކޮލަޝިޕްތަކާއިބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން ގުޅުއްވާނީ 6846768 ނަމްބަރަށެވެ. މާލޭގައި ހިންގާ ޑައިމަންޑް ކެމްޕަހުން 3006768 ނަމްބަރަށެވެ.

comment ކޮމެންޓް