ދީޕިކާ އާއި ރަންވީރުގެ "83" ޑިސެމްބަރު މަހު

ފިލްމު "83"ގެ ޕޯސްޓަރެއް---

ކާމިޔާބު އެކްޓަރުން ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންހް ލީޑު ރޯލުން ފެނިގެންދާ ފިލްމު "83" މި އަހަރު ފަހުކޮޅު އަޅުވަން ނިންމައިފި އެވެ.

ހަ މަހަށްވުރެ ގިނަ ދުވަސްވަންދެން އިންޑިއާގެ ސިނަމާތައް ބަންދުކުރުމަށްފަހު އަލުން މި މަހު ސިނަމާތައް ހުޅުވާއިރު ގިނަ ފިލްމުތަކެއް ސިނަމާގައި އަޅުވަން ވަނީ ގަސްތުކޮށްފައެވެ. ދީޕިކާއާއި ރަންވީރުގެ "83" އަޅުވާނީ އިންޑިއާގައި ކްރިސްމަސް ފާހަގަކުރާ ދުވަހުއެވެ. އެއީ ޑިސެމްބަރު މަހުގެ 25 އެވެ. އެއާއެކު މި ފިލްމުވެގެންދާނީ ކައިވެންޏަށް ފަހު ދެ ތަރިން އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ދީޕިކާ ކުޅޭނީ ކަޕިލް ދޭވްގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލެވެ. ދެތަރިންގެ އިތުރުން "83"ގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިންއެވެ.

comment ކޮމެންޓް