ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅޭ ފޮތް ފަސްޓްލޭޑީ ނެރެދެއްވައިފި

ބައިނަލްއަގުވާމީ ކުޑަ އަންހެން ކުދިންގެ ދުވަހާ ގުޅިގެން ނެރުނު ފޮތް ފަސްޓްލޭޑީ ނެރެދެއްވަނީ-

ބައިނަލްއަގުވާމީ އަންހެން ކުދިންގެ ދުވަހާ ގުޅިގެން އަޑްވޮކޭޓިން ދަ ރައިޓްސް ފޯ ޗިލްރަން (އާކް) އިންނެރުނު ފޮތް ފަސްޓްލޭޑީ ފަޒްނާ އަހުމަދު ނެރެދެއްވައިފިއެވެ.

އެ ފޮތް ނެރުނީ ރާއްޖޭގައި ކުޑަކުދިންގެ ހައްގަށް މަސައްކަތް ކުރާ ޖަމިއްޔާ، އާކް އާއި ޔުނެސެފް ގުޅިގެންނެވެ.

މިއީ އަންހެނުންނާ މެދު ގެންގުޅޭ ހުރިހާ ތަފާތުކުރުންތަކެއް ނައްތާލުމުގެ މަގްސަދުގައި އެކަން ކުޑަކުދިންނަށް އަންގައިދިނުމުގެ ގޮތުން ނެރެފައިވާ ފޮތެކެވެ.

އާކްއިން ބުނީ އަންހެނުންނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލެވޭނީ އަންހެންކުދިންނަށް އެމީހުންގެ ހައްގުތައް އަންގައިދީގެން ކަމަށެެވެ. އެ ހައްގުތަކުގެ ތެރޭގައި ތައުލީމާއި، ވަޒީފާއާއި ސިއްހަތާއި ކައިވެނީގެ ހައްގުތައް ހިމެނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އާކްގެ އެކްޒެކިއުޓިވް ޑިރެކްޓަރު ޒީނާ ޒާހިދު ވިދާޅުވީ އަންހެން އަދި ފިރިހެނުންނަށް ހަމަ ހަމަ ފުރުސަތުތަކެއް ހޯދައިދިނުމުން އޭގެ ފައިދާ ކުރާނީ އެކުދިންނަށް އެކަނި ނޫން ކަމަށާއި އަދި އޭގެން މުޖުތަަމައުއަށާއި އެކުދިންގެ އާއިލާ އަދި ގައުމަށްވެސް ފައިދާ ކުރާނެ ކަަމަށެވެ.

comment ކޮމެންޓް