އިޝާން ގެ "ސޫޓަބަލް ބޯއި" މި މަހު ނެޓްފްލިކްސްއަށް

ސީރީޒްގެ ޕޯސްޓަރެއް---

ކާމިޔާބު އެކްޓަރު ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތުރާ ލީޑު ރޯލުން ފެނިގެންދާ ސީރީޒް "އަ ސޫޓަބަލް ބޯއި" މި މަހު ނެޓްފްލިކްސްގައި ރިލީޒްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ދެހާސް އަށާރަވަނަ އަހަރު ސްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރާއެކު ބޮލީވުޑަށް ނުކުތް އިޝާން އަށް އަންނަނީ ބޮލީވުޑުން ގިނަ ފުރުސަތުތަކެއް ލިބެމުންނެވެ. އިޝާން އާއި ތާބޫ ލީޑު ރޯލުން ފެނިގެންދާ އަ ސޫޓަބަލް ބޯއި ގެ މުހިއްމު ރޯލަކުން ތާނިއާ މަނިކްތަލާ އާއި ރާސިކާ ޑުއްގަލްވެސް ފެނިގެންދާނެ އެވެ. މި މަހު 23 ގައި ރިލީޒްކުރާ އެ ސީރީޒަކީ ރޮމޭންޓިކް ޖޯންރާއަށް ތައްޔާރުކޮށްފައިވާ ސީރީޒެކެވެ.

ލިޔުންތެރިޔާ ވިކްރަމް ސޭތު 1993 ވަނަ އަހަރު ލިޔުނު ވާހަކަ "އަ ސޫޓަބަލް ބޯއި" ބިނާކޮށް ގެނެސްދޭ އެ ސީރީޒުގައި ވިވާން ޝާހް، ޝަހާނާ ގޯސްވާމީ، ރާމް ކަޕޫރާއި ރަންދީޕް ހޫދް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.

މި ސީރީޒްވަނީ މިދިޔަ ޖުލައި މަހު ބީބީސީއިން ދައްކާފައެވެ.

comment ކޮމެންޓް