"ބެޓްމޭން" ރިލީޒްކުރުން ފަސްކޮށްލައިފި

ރޮބަޓް: ބޭޓްމޭންގެ ރޯލުން ފެނިގެންދާ ތަރި---

ހޮލީވުޑް ފިލްމު "ދަ ބެޓްމޭން" ރިލީޒްކުރުން ފަސްކޮށްފި އެވެ.

މަޝްހޫރު ޒުވާން އެކްޓަރު ރޮބަޓް ޕެޓިންސަން 34، ބެޓްމޭންގެ ރޯލުން ފެނިގެންދާ އެ ފިލްމު މިހާރު ރިލީޒްކުރާނީ 2022 ވަނަ އަހަރު އެވެ. ކުރިން މި ފިލްމު ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ކޮވިޑް އާ ގުޅިގެން ފިލްމުގެ ޝޫޓިން މިދިޔަ މާޗު މަހު މެދުކަނޑައިލުމަށްފަހު އަލުން ފެށީ އޮގަސްޓްމަހު އެވެ. ނަމަވެސް ޝޫޓިން ފަށައި ކުރިއަށް ދަނިކޮށް ރޮބަޓް ކޮވިޑަށް ޕޮޒިޓިވްވުމާއެކު ޝޫޓިން ހުއްޓުނެވެ.

މާޗް ހަތަރެއްގައި ރިލީޒްކުރާ އެ ފިލްމު ފަސްކުރަން ނިންމި މައިގަނޑު ސަބަބަކީ ކޮވިޑްގެ ސަބަބުން ސިނަމާތައް ހުއްޓި ފިލްމީ ދާއިރާއަށް ބޮޑު ގެއްލުމެއް ލިބިފައިވުމާއެކު އެވެ. އަދި ސިނަމާތައް ބަންދުކުރުމާ ގުޅިގެންނެވެ.

މެޓް ރީވްސް ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގެ ޝޫޓިން އެންމެ ފުރަތަމަ ފެށީ ސްކޮޓްލޭންޑުގެ ސިޓީއެއް ކަމަށްވާ ގްލާސްގޯގަ އެވެ. ބެޓްމޭންގެ ރޯލުން ފެނިގެންދާ އެކްޓަރު ރޮބަޓް މަޝްހޫރުވީ "ޓްވިލައިޓް"ގައި އޭނާ ކުޅުނު ރޯލުންނެވެ.

comment ކޮމެންޓް