ޕެރޯލްއަށް ނެެރޭ ގައިދީންނަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސައިދެނީ

ޕެރޯލްއަށް ނެެރޭ ގައިދީންނަށް ސްޓެލްކޯއިން ވަޒީފާ ހަމަޖައްސުމާ ގުޅޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

ކުށްވެރިންގެ އަދަދު މަދުކޮށް އިސްލާހުވެފައިވާ ގައިދީން މުޖުތަމައުއަށް ނެރުމަށް ހިންގާ ޕްރޮގްރާމްއަށްް އިޖުތިމާއީ ގޮތުން އެހީތެރިވުމުގެ ގޮތުން ޖަލުގައި ތިބޭ ގައިދީންގެ ތެރެއިން ޕެރޯލްއަށް ނެރޭ މީހުންނަށް ސްޓެލްކޯއިން ވަޒީފާ ދޭން ނިންމައިފިއެވެ.

މިއަދު މެންދުރު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފައެވެ. އެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ސޮއިކުރެއްވިއިރު ހޯމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. އަދި ކަރެކްޝަނަލް ސާވިސާސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.

ކަރެކްޝަންސްއިން ބުނީ އެގޮތަށް ވަޒީފާދޭއިރު ބޮޑަށް އިސްކަން ދޭނީ ޖަލުގައި އެކި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ފުރިހަމަކޮށްފައިވާ ގައިދީންއަށް ކަމަށެވެ.

ސްޓެލްކޯއިން ބުނީ ސްޓެލްކޯއިން ހިދުމަތް ދޭ 35 ރަށުގެ ތެރެއިން ކޮންމެ ރަށެއްގައިވެސް ވަޒީފާތައް އޮންނަނަމަ އެތަނަކުން ވަޒީފާގެ ފުރުސަތު ޕެރޯލްގެ ދަށުން ދޫކުރާ ގައިދީންއަށް ދޭނެކަމަށް ބުންޏެވެ.

"އަޅުގަނޑުމެންނަށް އަންނަ ބޭފުޅުންގެ މަަސައްކަތްތަކަކީ ސްކިލްޑް ލޭބަރުން މިސާލަކަށް ވެލްޑަރުން، އެކަން ކުރާ ބޭފުޅުން ކަމަށްވެއްޖިއްޔާ އެ ބޭފުޅުންގެ ސްކިލްއާ ގުޅޭގޮތުން އެ ބޭފުޅުންނަށް މަސައްކަތް ހަވާލުކުރާނީ. އިތުރު ސްކިލްއެއް ނެތް ބޭފުޅުން ކަމަށް ވެއްޖިއްޔާ އަޅުގަނޑުމެން މަސައްކަތުގެ ތެރެއިން ބަލާނެ ދަސްވާނެކަހަލަ ވެލްޑްކުރަން ކަހަލަ މަސައްކަތްވެސް ކުރެވޭ ގޮތަށް. ބޮޑަށް ހަމަ ލޭބާ އިންޓެންސިން މަސައްކަތަށް އަޅުގަނޑުމެން މީހުން މި ނަގަނީ،" ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ ސްޓެލްކޯއަށް މަސައްކަތްތެރި ޒުވާނުންތަކެއްގ ހިދުމަތް ގައުމަސް ފޯރުކޮށްދީ ގައުމުގެ މުހިންމު ޒިންމާއެއްް އަދާކުރާ ކުންފުންޏެއް ކަަމަށެވެ.

"އަޅުގަނޑުމެންގެ ހިދުމަތުން އެއްމެ މުހިންމު އެއް ވެލުއަކީ ނުވަތަ މަސައްކަތުގެ އަސާސަކީ މަސައްކަތުގެ އަޚުލާގު. ދައުލަތުގެ ޕެރޯލް ނިޒާމުގެ ތެރެއިން ދޫކުރެވޭ ފަރާތްތަކަށް އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާއި އެކަމުގައިވާ އުސޫލުތަކުގައި ވާގޮތުން އާމްދަން ހޯދުމަށް މަސައްކަތް ކުރުމާއި އަނބުރާ މުޖުތަމައުއަށް އައުމަށް އޮތް ފުރުސަތުތަކާ ގުޅޭ ހިސާބަކީ ދައުލަތުގެ އެންމެހާ މުއައްސަސާތައްކަަމަށް އަޅުގަނޑުމެން ދެކެން. އަނބުރާ މުޖުތަމައުއަށް އައުމަށް ގަވައިދުގެ ތެރެއިން ދެވެން ހުރި ފުރުސަތާއި އެއްބާރުލުން ދިނުމަކީ ހުރިހާ ދާއިރާތަކަކުންވެސް ކޮށްދޭންޖެހޭ ކަންތައްތައްކަން އަޅުގަނޑުމެން ދެކެން،" މުޣުނީ ވިދާޅުވިއެވެ.

comment ކޮމެންޓް