އަޖޭ ދޭވްގަންގެ ބޭބެ އަނިލް މަރުވެއްޖެ

އަނިލް ދޭވްގަން--

ބޮލީވުޑްގެ ކާމިޔާބު ތަރި އަޖޭ ދޭވްގަންގެ ބޭބެ ޑައިރެކްޓަރު އަނިލް ދޭވްގަން މަރުވެއްޖެ އެވެ.

އަނިލް މަރުވީ އުމުރުން 51 އަހަރުގައި ކެންސަރު ބައްޔަށް ފަރުވާކުރަމުން ދަނިކޮށެވެ. ހޯމަ ދުވަހު އަނިލް މަރުވިއިރު އެކްޓަރު އަޖޭކުރި ޓްވީޓެއްގައި ބުނީ އޭނާ ނެތިދިޔުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށާއި ބޭބެ ނެތުން ހިތްކުދިކުދިވެފައިވާ ކަމަށެވެ.

އަޖޭ ބުނީ ކޮވިޑް19ގެ ސަބަބުން ބޭބެ އަނިލްގެ ޖަނާޒާ ކަންތައް ވެސް ކުރިއަށް ގެންދިޔައީ ވަރަށް ލުއިގޮތަކަށް ކަމަށެވެ. ނަވާރަސަތޭކަ ނުވަދިހަ ހަވަނަ އަހަރު ބޮލީވުޑްގައި މަސައްކަތްކުރަން ފެށި އަނިލް ވަނީ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްފަ އެވެ. އޭގެ ތެރޭގައި "ރާޖޫ ޗާޗާ"، "ބްލެކްމެއިލް" އަދި "އިތިހާސް" ހިމެނެ އެވެ.

އަނިލްގެ މަރާއެކު ބޮލީވުޑްގެ ގިނަ ފަންނާނުންނެއް އޭނާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންދާއިރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނީ އަނިލް ގެއްލިގެން ދިޔުމަކީ އިންޑަސްޓްރީ އަށް ލިބުނު ގެއްލުމެއްކަމަށާއި އޭނާ އާ އެކު ބްލެކްމެއިލްގައި މަސައްކަތްކޮށްލަން ލިބުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. އަނިލް އަކީ ރަނގަޅު އިންސާނެއް ކަމަށް ވެސް ޕްރިޔަންކާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް