އެޕަލް ކުންފުނީގެ އެންމެ ފަހުގެ ފްލެގްޝިޕް ފޯނު ކަމަށްވާ އައިފޯން 12 ސީރީޒްގެ ފޯނުތައް އަންނަ ހަފްތާގެ އަންގާރަ ދުވަހު ދައްކާލާ ގޮތަށް އެކުންފުނީން ނިންމައިފި އެވެ.
އެޕަލް އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ބޮޑު އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ. އާ އައިޕެޑް އާއި އެޕަލް ވޮޗްގެ އިތުރު ބައެއް އެހެން ހިދުމަތްތައް ލޯންޗުކުރި އެ އިވެންޓުގައި އާ އައިފޯނު ފެނިގެން ގޮސްފައެއް ނުވެ އެވެ. އަދި އައިފޯން ވަކީން ނެރޭނެ ކަމަށް އެ ކުންފުނީން ވަނީ ބުނެފަ އެވެ.
އެންމެފަހުން އެޕަލް ފޭނުންގެ އިންތިޒާރަށް މިއޮތީ ނިމުމެއް އައިސްފަ އެވެ. އެޕަލްގެ އާ އައިފޯންތައް އާންމުކުރާނެ ދުވަސް މިއޮތީ ހާމަކޮށްފަ އެވެ. އެޕަލް ޕާކްގައި ބާއްވާ ހާއްސަ އިވެންޓް ޓެގް ކޮށްފައި ވަނީ "ހާއި، ސްޕީޑް"ގެ ނަމުންނެވެ.
މިއަހަރުގެ މޮޓޯ ސްޕީޑަށް ބަލާނަމަ އެކަމަށް ބާރު ދޭ އެއް ކަމަކީ އައިފޯންގެ ސްކްރީންތަކެވެ. އެގޮތުން އާ އައިފޯނުގެ ސްކްރީން އަކީ މިއަހަރު 120 ހާޓްސްގެ ރިފްރެޝް ރޭޓް ހިމެނޭ ފޯނުތަކަށް ވާނެ ކަމަށް ލީކްތަކުން ބުނެ އެވެ.
އާ އައިފޯނު ސީރީޒްގެ ހަތަރު މޮޑެލް އެއް ނެރޭނެ ކަމަށް ލީކްތަކުން ދައްކަ އެވެ. އެގޮތުން އޭގެތެރޭގައި އަލަށް ތައާރަފުކުރާ 5.4 އިންޗީގެ ފޯނަކާއި 6.7 އިންޗީގެ ފޯނެއް ހިމެނެ އެވެ. އާ އައިފޯނުތަކުގެ ޑިޒައިން ވައްތަރުވާނީ އައިޕެޑް ޕްރޯގެ ޑިޒައިންތަކާ އެވެ. އެގޮތުން ޑިޒައިންތައް އައިފޯން ސީރީޒް ހަތަރެއް އަދި ފަހަކާ ގާތް ކުރާނެ ކަމަށް ލީކްތަކުން ދައްކަ އެވެ.
އަންގާރަ ދުވަހުގެ އިވެންޓުގައި އައިފޯނުގެ އިތުރުން އާ އިޔާބަޑްސްވެސް ފެނިގެންދިޔުން އެކަށީގެންވާ ކަމަށް ލީކްތަކުން ދައްކައެވެ.
އެޕަލްގެ އިވެންޓު ލައިވްކުރަން ފަށާނީ އެމެރިކާގެ ގަޑީން ހެނދުނު 10:00 ޖަހާއިރެވެ. އެއީ ރާއްޖޭ ގަޑީން 22:00 އެވެ.