ސިޒޭރިއަނަށް ފަހު އަންހެނަކު މަރުވި މައްސަލައެއް ބަލަނީ

މެއި 14، 2020: އޭޑީކޭ ހޮސްޕީޓަލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭޑީކޭ ހޮސްޕިޓަލްހައި ރޭ ސިޒޭރިއަން ހެދި އަންހެނަކު މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވިގޮތުގައި އުސޫލުގެ ތެރެއިން، މެޓާނަލް ޑެތެއް ނަމަ އެކަން އެ ހޮސްޕިޓަލަކުން މިނިސްޓްރީއަށް އަންގަން ޖެހޭނެއެވެ.

އަދި އުސޫލާ އެއްގޮތަށް، ހާދިސާ ހިނގުމާ ގުޅިގެން، އޭޑީކޭ ހޮސްޕިޓަލުން ރޭ ދަންވަރު އެކަން މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި އެކަމުގައި ހޮސްޕިޓަލުން އެއްވެސް އިހުމާލެއް ވެފައިވޭތޯ ބެލުމުގެ މަސައްކަތް، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ސިޒޭރިއަން އަށްފަހު ރޭ މަރުވެފައި ވަނީ އުމުރުން 29 އަހަރުގެ ނ. ވެލިދޫ އަންހެނެކެވެ. އޭނާ ވިހެއި ދަރިފުޅުގެ ހާލު ރަނގަޅުކަމަށް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް