ޑްރަގު އޮޕަރޭޝަންގައި ހައްޔަރު ކުރި ބޮންޑާގެ ބަންދަށްވެސް ފަސް ދުވަސް ޖަހައިފި

ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ބޮންޑާ: އޭނާގެ ބަންދަށް ފަސް ދުވަސް ވަނީ ޖަހާފައި --

އައްޑޫ ސިޓީގައި ފުލުހުން ހިންގި ޑްރަގު އޮޕަރޭޝަންގެ ތެރެއިން ފުލުހުން ހައްޔަރު ކުރި ގައުމީ ފުޓްބޯޅަ ޓިމުގެ ކުރީގެ ކުޅުންތެރިޔާ ޝަމްވީލް ގާސިމް (ބޮންޑާ)ގެ ބަންްދަށް ފަސް ދުވަސް ކޯޓުން ޖަހައިފި އެވެ.

ބޮންޑާ ހައްޔަރު ކުރީ، މިދިޔަ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ހިތަދޫއިން އެވެ. ބޮންޑާއާއެކު އެ އޮޕަރޭޝަންގައި ޖުމްލަ 14 މީހަކު ފުލުހުން ހައްޔަރު ކުރިއެ ވެ. އޭގެ ތެރޭގައި އައްޑޫގައި ފުޅާ ދާއިރާއެއްގައ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުން ތުހުމަތު ކުރާ އެ ނެޓް ވޯކްގެ އިސް ލީޑަރު އަބްދުﷲ އިބްރާހިމް (އަބުޗާ)ވެސް ހިމެނެ އެވެ.

ފުލުހުން އިއްޔެ ބުނީ، އަބުޗާ އާއި އިތުރު މީހެއް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި ޝަރީއަތް ނިމުނު މީހުންގެ ބަންދަށް ފަސް ދުވަސް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ފަސް ދުވަސް ބަންދަަށް ޖެހި މީހުންގެ ތެރޭގައި ބޮންޑާވެސް ހިމެނެ އެވެ.

ބޮންޑާ ހައްޔަރު ކުރި އިރު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާކަމަށް އޭނާގެ ވަކީލް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ޑްރަގު އޮޕަރޭޝަންގައި ބޮންޑާ ހައްޔަރު ކުރީ ކޮން ސަބަބަކާ ހުރެ ކަމެއް އަދި ސާފެއް ނޫނެެވެ. އެކަމާ ގުޅޭ ގޮތުން ފުލުހުންވެސް އަދި މާބޮޑު ތަފްސީލެއް ނުދެ އެވެ.

ބޮންޑާ އަކީ މީގެ ކުރިން މަސްތުވާތަކެތީގެ ރިކޯޑެއްވެސް އޮތް މީހެއް ނޫނެވެ. ބޮންޑާ ރަސްމީކޮށް ފުޓްބޯޅަ ކުރުމާ ދުރުވިތާ އަހަރުތަކެއްވެއްޖެ އެވެ. މިހާރު އޭނާ ހަރަކާތްތަރިވަމުން އަންނަނީ މަސްވެރިކަމުގެ ދާއިރާގަ އެވެ. އޭނާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ ގޮނޑިއަކަށް އަމިއްލަ ގޮތުން ވާދަ ކުރުމަށް ކުރިމަތިލާފަ އެވެ.

ބޮންޑާ ވެސް އަތުލައިހަތް އެ އޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ރޭ ބުންޏެވެ.

https://sun.mv/143865

އޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ފުލުހުން އަންނީ ކުރަމުންނެވެ.

comment ކޮމެންޓް