ރިސޯޓެއްގައި ކަރަންޓުގައި ޖެހިގެން ބިދޭސީއަކު މަރުވެއްޖެ

އަދާރަން ރަންނާޅި ރިސޯޓު: އެ ރިސޯޓުގައި ކަރަންޓުގައި ބިދޭސީއަކު ވަނީ މަރުވެފައި --

ކ. އަތޮޅު އަދާރަން ރަންނާޅި ރިސޯޓުގައި ބިދޭސީއަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ އެވެ.

ފުުލުހުން މިއަދު ބުނީ އިއްޔެ ރަންނާޅި ރިސޯޓުގައި ކަރަންޓުގައި ޖެހިގެން މީހަކު މަރުވި މައްސަލަ ރޭ 8:00 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އިއްޔެ އިރުއޮއްސި 6:30 އެހާކަންހާއިރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ސްރީލަންކާއަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މީހާ ކަރަންޓުގައި ޖެހިގެން ގެންދިޔައީ ކ. މާފުށީ ހޮސްޕިޓަލަށެވެ. އެއީ ރޭ ގާތްގަނޑަކަށް 7:30 އެހާކަންހާއިރެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

comment ކޮމެންޓް