ފޭކް ރަސްލީ ސުޕާރީ އެބަ ވިއްކަމުންދޭ: ލޮޓަސް

ރަސްލީ ސުޕާރީގެ އަސްލު އަދި ފޭކް--

ރާއްޖޭގައި މިހާރު ރަސްލީ ސުޕާރީގެ ފޭކް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ލޮޓަސް ފިހާރައިން ބުނެފި އެވެ.

ޕާކިސްތާނުން ރާއްޖެއަށް އެތެރެކުރާ ރަސްލީ ސުޕާރީގެ އޮތޮރައިޒް ޑިސްޓްރިބިއުޓާއަކީ ލޮޓަސް ފިހާރަ އެވެ.

ލޮޓަސް ފިހާރައިން "ސަން" އަށް ބުނީ ކޮރޯނާއާ ގުޅިގެން ރަސްލީ ސުޕާރީ އެތެރުކުރުން ވަގުތީ ގޮތުން މަޑުޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް، ބައެއް ފަރާތްތަކުން ރަސްލީ ސުޕާރީގެ ފޭކް ގެނެސް ވިއްކަމުންދާ ކަމަށް އެ ފިހާރައިން ބުންޏެވެ.

އެ ފިހާރައިން ބުނީ މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން ރަސްލީ ސުޕާރީގެ ފޭކް ބާޒާރުގައި ދައުރުވިކަމަށެވެ.

"އަޅުގަނޑުމެންނަކަށް ނޭނގޭ ރަސްލީ ސުޕާރީގައި މިހާރު މި ހުންނަނީ ކޮން އެއްޗެއް އަޅާފައި ކަމެއް. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ ކަސްޓަމަރުންނަށް އެކަން އަންގައިދޭން." ލޮޓަސް ފިހާރައިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި އެވެ.

ލޮޓަސްއިން މިހާރު ރުފިޔާއަކަށް ވިއްކަނީ ދެ ސުޕާރީ އެވެ.

comment ކޮމެންޓް