ބްރޯޑްކާސްޓް ކުރުމާއި ރީ ބްރޯޑްކާސްޓު ކުރުމުގެ ލައިސަންސްއަށް އެދުމަށް ހުޅުވާލައިފި

ބްރޮޑްކޮމްގެ މެންބަރުން ---

މުޅި ރާއްޖެ އަަށް ބްރޯޑްކާސްޓް ކުރުމާއި ރީ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސަންސްއަށް އެދުމުގެ ފުރުސަތު މިއަދު ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް) އިން ހުޅުވާލައިފި އެވެ.

ބްރޯޑްކާސްޓިން ދުވަސް ފާހަގަކުރަން ބްރޯޑްކޮމް އިން މިއަދު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ލައިސަންސަށް އެދި ހުށަހަޅަން ގިނަ ބަޔަކު ބޭނުންވާ ކަމަށެވެ.

އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސަށް އެދި މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެދެވޭނެ ކަމަށެވެ.

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް މިހާތަނަށް 39 ޕާޓީއަކަށް ދޫކޮށްފައިވާ ކަމަށް މަރިޔަމް ވަހީދާ ވިދާޅުވި އެވެ. އަދި ޓީވީއަށް ބޭނުންވާ ލައިސަންސް 11 ފަރާތަކުން ނަގާފައިވާ ކަމަށާއި ބާކީ 28 ލައިސަންސަކީ ރޭޑިއޯ ލައިސަންސް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 100 އަށް ވުރެ ގިނަ ފަރާތުން ރީ-ބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ބްރޯޑް ކާސްޓިން ލައިސަންސް ދޫކުރުމަށް ނިންމާފައި ވަނީ ޓެރިސްޓީރިއަލް، ކޭބަލް ނެޓްވޯކް، ސެޓެލައިޓް ނެޓްވޯކް، އިންޓަނެޓް، އަދި އެހެނިހެން ކަންކަމަށް ކަމަށެވެ.

comment ކޮމެންޓް