މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށައިފި

ކޮވިޑް އާ ގުޅިގެން ސްކޫލުތައް ދޮޅު މަހަށްވުރެ ގިނަ ދުވަހު ބަންދުކުރުމަށްފަހު އަލުން ހުޅުވުމާއެކު މަޖީދިއްޔާގައި ކުރިއަށްދިޔަ އެސެމްބްލީއެއްގެ ތެރެއިން --- ފޮޓޯ : އެޑިއުކޭޝަން މިނިސްޓްރީ

ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވާން ފެށުމުން ސްކޫލުތަކުގައި ކިޔަވައިދިނުން ހުއްޓާލުމަށް ފަހު މަހަކަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު އަނެއްކާވެސް ކިޔަވައިދޭން ފަށައިފި އެވެ.

މިއަދުން ފެށިގެން މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކީ ސްޓޭޖް ހަތަރަކާއި ފަހެއްގެ، ގްރޭޑު ނުވައަކުން ފެށިގެން 12ގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ވަނީ ފަށާފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފައިވަނީ އެގޮތަށް ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ލަފަޔާ އެއްގޮތަށް ކަމަށެވެ.

ސްކޫލުތަކުގައި ކިޔަވައިދިނުން ފެށިއިރު މިހާރުވެސް ގްރޭޑް 11 އަދި 12ގެ ދަރިވަރުންގެ ކިޔުންތައް ކުރިއަށް އެބަދެ އެވެ.

ކޮވިޑް ފެތުރޭތީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެން ދާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފަ އެވެ.

ސްކޫލުތައް އަލުން ހުޅުވުމާއެކު ހިރިޔާ ސްކޫލުގެ ދަރިވަރުން ސްކޫލަށް ވަނީ --- ފޮޓޯ : އެޑިއުކޭޝަން މިނިސްޓްރީ

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވައިދިނުމަށް ވަނީ ފަށާފައެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފަ އެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވި އެވެ.

ރާއްޖޭގައި ކޮވިޑް ފެތުރެން ފެށުމާއެކު ސްކޫލުތައް އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހު އެވެ. އޭގެ ފަހުން ކްލާސްތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށް ނުވަތަ ޓެލެކްލާސް ބޭނުންކޮށްގެނެވެ. މިހާރުވެސް ގްރޭޑް ނުވައަކުން ދަށުގެ ކްލާސްތައް ކުރިއަށް ގެންދަނީ ޓެލެކްލާސްތައް މެދުވެރިކޮށެވެ.

comment ކޮމެންޓް