މިއަދު އިތުރު 63 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 28، 2020: މާލޭގެ އެކި ސަރަހައްދުތަކުގައި އާރް އާރް ޓީމްތަކުން މަގުމަތިންދާ މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއިން މިއަދު އިތުރު 63 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 31 ދިވެހީންނާއި 32 ބިދޭސީން ކަމަށެވެ. އެއީ މާލެއިން ފެނުނު 52 މީހަކާއި އަތޮޅުތެރެއިން ފެނުނު 12 މީހެކެވެ.

ފާއިތުވި 24 ގަޑިއިރު 1،628 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ ވަނީ 10،354 އަށް އަރައިފައެވެ. އަދި އޭގެ ތެރެއިން 9،187 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މިވަގުތު ރާއްޖޭގައި އެކްޓިވް ކޭސްގެ ގޮތުގައި، ކޮވިޑް19 ގެ 1،126 މީހަކު ތިބި އިރު، 573 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. އަދި 79 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފައެވެ.

comment ކޮމެންޓް