ޓްރާންސްޕޯޓު މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް އަބްދުﷲ ފަޔާޒު (ކ) --

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އަބްދުﷲ ފަޔާޒު އެއް މަސް ދުވަހަށް ސަސްޕެންޑުކޮށްފިި އެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ފަޔާޒްއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރުމަށް، މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް ފަޔާޒު އޮފީހަށް ނުުކުތުން މަނާ ކުރުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޕާމަނެންޓް ސެކެޓްރީއަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވިސްގެ އެންމެ އިސް އޮފިޝަލުންނެވެ.

comment ކޮމެންޓް