މިފްކޯ އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ހެޔޮކޮށްފި އެވެ.
މިފްކޯ އިން ވަނީ މިދިޔަ މަހުގެ 22 ގައިވެސް ތެލުގެ އަގަށް ބަދަލު ގެނެސްފަ އެވެ.
މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ 7.33 ރުފިޔާ އަށެވެ.
މިއަދު ގެނައި ބަދަލާ އެކު މިފްކޯގެ މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކާނީ 6.67 ރުފިޔާ އަށެވެ.
މިއަދު ގެނައި ބަދަލާއެކު ޑީސަލް ލީޓަރަކުން 0.66 ލާރި ހެޔޮވާނެ އެވެ.
ބާޒާރުގައި ޑީސަލް ލީޓަރެއްގެ އަގު ހުރީ 8.71 ރުފިޔާ އަށެވެ.