ޓްރީ ޓޮޕް ހޮސްޕިޓަލުން "ހިތާނީ ޕެކޭޖް 2020" ތައާރަފުކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލުން "ހިތާނީ ޕެކޭޖް 2020" ތައާރަފްކޮށް، ޑިސެމްބަރުގެ ނިޔަލަށް ނަންނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި ޕެކޭޖްގެ ދަށުން ހިތާނީ ކޭމްޕް ފަށަން ހަމަޖެހިފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުގަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިތާނީ ކޭމްޕްގައި އިސްކޮށް ހަރަކާތްތެރި ވަނީ އޮޕަރޭޝަނަށް ހާއްސަ ޑޮކްޓަރުންނާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުން އަދި އައްސިކުރުމަށް ހާއްސަ ޑޮކްޓަރުންގެ އިތުރުން ނަރުހުންގެ ހާއްސަ ޓީމެކެވެ.

މި އަހަރުގެ ހިތާނީ ޕެކޭޖުގައި ހިމެނެނީ؛

  • ހިތާނު ކުރާ ޑޮކްޓަރާއި ހޭނައްތާ ޑޮކްޓަރުގެ އެޕޮއިންޓްމަންޓް
  • ލެބް ޓެސްޓުތައް
  • އޮޕަރޭޝަނަށް ބޭނުންވާ ތަކެއްޗާއި ބޭސް
  • ޑޭ-ކެއާ ޔުނިޓުގެ އަގުތައް
  • އޮޕަރޭޝަނަށް ފަހު ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް
  • އޮޕަރޭޝަނަށް ފަހު ނާސްތާ
  • ހާއްސަ އަގުތަކުގައި ރޫމް އަޕްގްރޭޑް ކުރުމުގެ ފުރުސަތު

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 އަށް ގުޅައިގެން ހިތާނީ ޕެކޭޖަށް ނަން ނޯޓު ކުރެވޭނެ އެވެ.

އާސަންދައަށް ކެނޑުމަށް ފަހު ހިތާނީ ޕެކޭޖްގެ އަގަކީ 4000 ރުފިޔާ އެވެ. ޓްރީ ޓޮޕްއިން ބުނީ ވަކި ތާރީހެއް ބޭނުންވާ ފަރާތްތަކުން އަވަހަށް ބުކިން ހެދުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. ހިތާނީ ޕެކޭޖްގެ އިތުރު މައުލޫމާތު ޓްރީ ޓޮޕް ހޮސްޕިޓަލުގެ ނަންބަރު 3351610 ގުޅައިގެން ނުވަތަ ވެބްސައިޓް އަށް ޒިޔާރަތްކޮށްގެން އަދި [email protected] އަށް އީމެއިލް ކުރުމުން ލިބޭނެ އެވެ.

comment ކޮމެންޓް