މާރިއާ ހާޒިރު ކުރި ކޮމިޓީ ސިއްރުކޮށްފި

މާރިއާ -- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދި މިއަދު ރައްޔިތުންގެ މަޖިލިހަށް ހާޒިރު ކުރި ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މާރިއާ ހަޒީރުކޮށްފައި ވަނީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ.

މާރިއާ ހާޒިރުކުރުމަށް އެޖެންޑާ ކޮށްފައިވަނީ ކޮމިޓީއަށް ހުށަހަޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ.

އެ ބައްދަލުވުމަކީ ސިއްރުކޮށްގެން ގެންދިޔަ ބައްދަލުވުމަކަށްވުމުން އެ ބައްދަލުވުމުގެ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "ސަން"އަށް ވިދާޅުވީ، އެ މުޅި މައްސަލަ ކުރިއަށް ދަނީ ސިއްރުކޮށްގެން ކަމަށެވެ. އޭނާ ވިދާޅުވީ، އަންނަ ހަފްތާ ތެރޭ ކޮމިޓީ ރިޕޯޓު ފައިނަލްކޮށް އެ ރިޕޯޓުު ހާމަ ކުރެވޭނެ ކަމަށެވެ.

comment ކޮމެންޓް