އަރުމީނިއާ އާއި އަޒަރުބައިޖާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ އެތަށް ހާސްބަޔަކު މަރުވެއްޖެ

ހަނގުރާމަ ކުރިޔަށްދާ ސަރަހައްދު

ބާކޫ (އޮކްޓޯބަރު 1) : މެދުތެރޭ އޭޝިއާގެ ދެގައުމު ކަމަށްވާ އަރުމީނިއާއާއި އަޒަރުބައިޖާނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގާ ދެގައުމުން އެތަށް ހާސްބަޔަކު މަރުވެ މާއްދީ ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.

މީގެ ހައެއްކަ ދުވަސް ކުރިން ފެށި މި ހަނގުރާމަ ހިނގަމުންދަނީ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވާ ސަރަހައްދީ ރޮނގުގެ އަރާރުން އޮންނަ އަޒަރުބައިޖާން ގެ ސަރަހައްދެއް ކަމަށްވާ ނަގޯރްނޯ ކަރަބާޚް ގައެވެ. ނަގޯރްނޯ ކަރަބާޚް އަކީ އަޒަރުބައިޖާންގެ ސަރަހަދެއްކަމަށްވިޔަސް އެތަނުގެ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް އޮންނަނީ އަރުމީނިޔާ ދަރިކޮޅުގެ މީހުންނަށެވެ.

މީގެއަހަރުތަކެއް ކުރިން ނަގޯރްނޯ ކަރަބާޚް ގެ މައްސަލާގައި ދެގައުމުގެ ދެމެދުގައި ހިނގި ހަނގުރާމައިގާ އަރުމީނިޔާއިންވަނީ އެސަރަހައްދުގެ ބޮޑުބަޔަކާ އަދި އެސަރަހައްދުގެ ކައިރީގައިވާ އަޒަރުބައިޖާންގެ އެހެން ބައެއް ސަރަހައްދުތަށްވެސް ހިފާފައެވެ. މިހަފްތާގެ ހޮނިހިރު ދުވަހު އަރުމީނިއާއާއި އަޒަރުބައިޖާނާ ދެމެދު ފެށުނު ހަނގުރާމައިގާ ދެގައުމުން 3 ހާހަށްވުރެ ގިނަމީހުން މަރުވެ 5 ހާހަށްވުރެ ގިނަމީހުން ޒަޚަމްވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނަގޯނޯ ކަރަބާޚް (ރަތްކޮށް)

ހަނގުރަމަ ހުއްޓާލުމަށް އދ. ންނާއި އެކިގައުމުތަކުން ގޮވާލަމުން ދިޔަނަމަވެސް ހަނގުރާމައިގެ ހޫނުކަމަށް ކުޑަވެސް ލުއެއް އައިސްފައެއް ނުވެއެވެ. އަރުމީނިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ތުރުކީން އަރުބައިޖާންއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް ތުރުކީން މިކަންވަނީ ދޮގުކޮށްފައެވެ.

އަޒަރުބައިޖާންގެ ދިފާއީ ވުޒާރާ ބުނާގޮތުން ބޭރުގެ އެހީއަކާނުލައިވެސް އެގައުމަށް އަރުމީނިޔާ ބަލިކުރެވިދާނެއެވެ. އަދި ނަގޯރްނޯ ކަރަބާޚް ގައި ވަކިވެގަނެގެންއުޅޭ އަރުމީނިޔާ ދަރިކޮޅުގެ ބާޣީންވެސް ބަލިކުރެވިދާނެއެވެ. އަރުމީނިޔާ ދަރިކޮޅުގެ ބާޣީންވަނީ ނަގޯރްނޯ ކަރަބާޚް ގައި އަރުމީނިޔާގެ އެހީތެރިކަމާއެކު ވަކި ދައުލަތެއްވެސް އިއުލާނުކޮށްފައެވެ. އެދައުލަށް ގަބޫލުކުރަނީ ހަމައެކަނި އަރުމީނިޔާއިންނެވެ.

އަރުމީނިއާއާއި އަޒަރުބައިޖާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި އެއްކޮޅުން ރަޝިޔާއާއި ފަރަންސޭސިވިލާތް، އަނެއްކޮޅުން އީރާނާއި ތުރުކީވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ޔޫރަޕްގެ އިއްތިޙާދުންވެސް ވަނީ ހަނގުރާމަ ހުއްޓުވުމަށް ގޮވާލާފައެވެ.

އަސްކަރީ ބާރާއި އާބާދީ އާއި ތަނަވަސް ކަމަށް ބަލާއިރު އަރުމީނިޔާއަށްވުރެ ހުރިހާ ގޮތަކުންވެސް ކުރީގައި އުޅެނީ އަޒަރުބައިޖާން އެވެ. ނަމަވެސް އެންމެ ކުރިންސުރެވެސް އަޒަރުބައިޖާނަށްވުރެ ބޮޑަށް ރަޝިއާގެ މަދަދު އަރުމީނިޔާއަށް ލިބެމުންދެއެވެ. ނަމަވެސް އެކި ދުވަސްވަރު އެދެގައުމުގެ ދެމެެދުގައި ހިނގި އަސްކަރީ ކުރިމަތިލުންތަކުގައި ބޮޑަށް ގެއްލުން ލިބިފައިވަނީ އަޒަރުބައިޖާން އަށެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު