މިއަދު ރާއްޖެއިން 97 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލޭގައި މީހުންގެ ރެންޑަމް ސާމްޕަލް ނެގުމުގައި އާރް އާރް ޓީމް ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1677 ސާމްޕަލުން 97 ސާމްޕަލް ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު 10،291އަށް ވަނީ އަރާފަ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 42 ދިވެހިންނާއި 55 ބިދޭސީން ކަމަށެވެ.

މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 50 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ސަރަހައްދުންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު 26 މީހުން ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. މިހާތަނަށް ކޮވިޑް ޖެހިގެން ރާއްޖެއިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 1142 އެވެ.

މި ބަލީގައި ރާއްޖެއިން މިހާތަނަށް 34 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް