އޮސްޓްރޭލިއާ ސިނަމާތަކުގައި ދިލް ބޭޗާރާ އަޅުވަނީ

ދިލް ބޭޗާރާގެ ޕޯސްޓަރެއް---

ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތް އާއި ސަންޖަނާ ސާންގީ ލީޑު ރޯލުން ފެނިގެންދިޔަ ފިލްމު "ދިލް ބޭޗާރާ" އޮސްޓްރޭލިއާގެ ސިނަމާތަކުގައި އެޅުވުމަށް ނިންމައިފި އެވެ.

މި ފިލްމު އޮސްޓްރޭލިއާގެ ހުރިހާ ސިނަމާތަކެއް އަޅުވާއިރު ފިލްމު ނާޅުވާނީ ހަމައެކަނި ވިކްޓޯރިއާގަ އެވެ. މި މަހު 15ގައި ދިލް ބޭޗާރާ ސްކްރީންކުރާއިރު މި ފިލްމަކީ ޑައިރެކްޓަރު މުކޭޝް ޗާބްރާގެ ޑައިރެކްޝަނުގެ ދަށުން އުފައްދާފައިވާ ފިލްމެކެވެ. ދިލް ބޭޗާރާ އަކީ 2014 ވަނަ އަހަރު ނުކުތް ފިލްމު ފޯލްޓް އިން އަވާ ސްޓާޒްގެ ހިންދީ ރީމޭކެކެވެ.

ދިލް ބޭޗާރާ އޮސްޓްރޭލިއާގައި އަޅުވާއިރު އާލިއާ ބަޓް އާއި އަދިތްޔާ ރޯއީ ކަޕޫރުގެ "ސަޅަކް" ވެސް އެ ގައުމުގެ ސިނަމާތަކުގައި އަޅުވާނެ އެވެ. އަދި ކުނާލް ކޭމޫގެ "ލޫޓް ކޭސް" ވެސް ސިނަމާތަކުގައި އަޅުވާނެއެވެ. ސަޅަކް އަންނަ މަހުގެ 22 ވަނަ ދުވަހު ދައްކާއިރު ލޫޓް ކޭސް ދައްކާނީ އަށް ވަނަ ދުވަހު އެވެ.

މި ތިން ފިލްމަކީ ވެސް ކޮވިޑް އާ ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށްފައިވާ ދަނޑިވަޅުގައި ޑިޖިޓަލް ޕްލެޓްފޯމުގައި ނެރުނު ތިން ފިލްމެވެ.

comment ކޮމެންޓް