ޔޫއެންޑީޕީގެ އެވޯޑެއް ސޯނޫއަށް

ސޯނޫ ސޫދު--

އިންސާނިއްޔަތަށްޓަކައި އެކްޓަރު ސޯނޫ ސޫދު އިންޑިއާގެ އާންމުންނަށް ވާ އެހީތެރިކަން ފާހަގަކޮށް ބަލައިގަތުމުގެ ގޮތުން ޔޫއެންޑީޕީ އިން އޭނާއަށް ހާއްސަ އެވޯޑެއް ދީފި އެވެ.

ކޮވިޑް19ގެ ރާޅާއެކު ސޯނޫގެ އެހީތެރިކަން އާންމުންގެ ގިނަ ބަޔަކަށް ލިބުނުއިރު ޔޫއެންޑީޕީއިން އޭނާއަށް ދިން އެވޯޑުގެ ނަމަކީ ސްޕެޝަލް ހިއުމަނިޓޭރިއަން އެކްޝަން އެވޯޑްއެވެ. އެވޯޑު ލިބުމުން ސޯނޫ ބުނީ މިއީ އޭނާއަށް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި މިއީ ލިބުނު ވަރަށް ބޮޑެ ޝަރަފެއް ކަމަށެވެ. ސޯނޫ ބުނީ އަދިވެސް އެކަންތައްތައް ކުރުމައިގެން ދެމިހުންނާނެ ކަމަށާއި އަމިއްލަ މީހެއްގެ ފަރުދެއްގެ ހައިސިއްޔަތުން އާންމުންނަށް އެހީތެރިވުމަކީ މުހިއްމުކަމެއްކަމަށެވެ. އަދި ދިއްކޮށްލާ ކިތަންމެ ކުޑަ އެހީއަކުން ވެސް އެ މީހެއްގެ ދިރިއުޅުން ބަދަލުވެގެން ހިނގައިދާނެ ކަމަށެވެ.

ވާޗުއަލްކޮށް ބޭއްވި ހަފުލާއެއްގައި ސޯނޫއަށް އެ އެވޯޑު ލިބުނުއިރު އާންމުންގެ ގިނަ ބައެއް އަންނަނީ އޭނާއަށް މަރުހަބާ ކިޔަމުންނެވެ.

އެކްޓަރު ސޯނޫ ވަނީ މީގެ ކުރިން ވެސް އާންމުންގެ ގިނަ ބަޔަކަށް އެހީތެރިވެފަ އެވެ. އެގޮތުން ކޮވިޑްއާ ގުޅިގެން އިންޑިއާގައި ހާލުގައި ޖެހި މަގުމަތިވި މީހުންތަކަކަށް އޭނާ ވަނީ މީގެ ކުރިން އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި އާއިލާތަކާއި ދުރުގައި ތިބި އެތައް ބަޔަކު އާއިލާތައް ގާތަށް ގެންގޮސްދީފައިވެ އެވެ.

comment ކޮމެންޓް