އޭދަފުށި ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ސުލޫކީ މައްސަލައެއް ބަލަނީ

މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތައް ބެލުމަށް ޖޭއެސްސީގެ މެމްބަރުން ހަރަކާތްތެރިވަނީ --- ފޮޓޯ/ ޖޭއެސްސީ

ބ. އޭދަފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލައެއް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލައެއް ބަލަން ނިންމީ ބ. ދަރަވަންދޫ ކޯޓަށް ހުށަހެޅުނު ދެ މައްސަލައެއް އެކޯޓުގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް، އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް، މައްސަލަތައް ބެލުމާ އުއްމުކުލްސޫމް ހަވާލުވުމުގައި، ފަނޑިޔާރުގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ޖޭއެސްސީއަށް ފާހަގަކުރެވިގެންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ނިންމުމާ ގުޅިގެން، މިއަދު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެ މައްސަލަ ބެލުމަށް ކޮމިޓީއެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް