މާފުށީ ޖަލަށް ވައްދަން އުޅުނު 23 ފޯނާއި 43 ޑްރަގް ޕެކެޓް އަތުލައިގެންފި

މާފުށީ ޖަލަށް ވައްދަން އުޅުނު ތަކެތި -- ފޮޓޯ/ ޕޮލިސް

ކ. މާފުށީ ޖަލަށް ވައްދަން މައްސަކަތް ކުރި 23 ފޯނާއި މަސްތުތާވަތަކެތި އަޅާފައި ހުރި 43 ކޮތަޅު ހިފަހައްޓައިފިއެވެ.

ފުލުހުން މިއަދު ބުނީ، ކަރެކްޝަންސްއާއި ފުލުހުންގެ މުއައްސަސާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ ޖަލަށް ވައްދަން އުޅުނު ފޯނުތަކަކާއި މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެމީހާ ހައްޔަރު ކޮށްފައިވަނީ އިއްޔެ ރޭ ދަންވަރު 12:45 އެހާކަންހާއިރު މާފުށި ޖަލު ކައިރިން ކަމަށް ފުލުހުން ބުންޏެވެ.

އުމުރުން 41 އަހަރުގެ އެ މީހާ ހުއްޓުވައި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން 15 ސްމާޓް ފޯނާއި ހަ ފޯނާއި ދެ މިނީ ފޯނެއްގެ އިތުރުން ޗާޖަރު ކޭބަލްތަކެއް ފެނުނު ކަމަށް ފުލުހުން ބުންޏެވެ. އޭގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 43 ރަބަރު ކޮތަޅު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން އެ މީހާގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް 15 ދުވަހުގެ މުއްދަތު ކޯޓުން ވަނީ ޖަހާފައެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

comment ކޮމެންޓް