ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވުމަށް ސީޕީ ހަމީދު ފުލުހުންނަށް އިލްތިމާސްކޮށްފި

ސިޕީ ހަމީދު -- ފޮޓޯ: ޕޮލިސް

ގާނޫނުން ލިބިދޭ ބާރުގެ ބޭނުން ކުރުމުގައި އަނިޔާވެރި ނުވުމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ފުލުހުނަށް އިލްތިމާސް ކުރައްވައިފިއެވެ.

ސީޕީ ހަމީދު މިގޮތަށް އިލްތިމާސްކުރެއްވީ، އަންނަ ހުކުރު ދުވަހު ފާހަގަ ކުރާ ބައިނަލްއަގުވާމީ އަނިޔާ އާ ދެކޮޅު ދުވަހުގެ މުސާބަތުގައި ފޮނުވި ކުރު މެސެޖްގައި އެވެ.

"އަޅުގަނޑުގެ އިލްތިމާސްއަކީ ފުލުހުންނަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުންކުރުމުގައި އަނިޔާވެރިނުވުން. އަދި ފުލުހުންނަށްވެސް އެހެން ފަރާތްތަކުން އަނިޔާވެރި ނުވުން،" ސީޕީ ހަމީދު ފޮނުވި މެސެޖްގައި ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުގައި ފުލުހުން ގާނޫނީ ބާރުވެރިކަން ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރިއެވެ. އަދި ވެރިކަމަށް އައިސް އެ އަނިޔާވެރިކަން ނައްތާލާނެ ކަމަށް މިހާރު އޮތް ސަރުކާރުން ވައުދުވިއެވެ.

comment ކޮމެންޓް