މެލޭޝިއާގައި ކިޔަވާ 120 ދަރިވަރަކު ފުރައިފި

މިއަދު ބޭއްވި މެލޭޝިއާ ޗާޓަރު ފްލައިޓު ---- ފޮޓޯ: ފިރާގު

މެލޭޝިއާގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން 120 ދަރިވަރަކު އެ ގައުމަށް ފުރައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެބް މެލޭޝިއާގެ ސްކޫލުތަކާއި ކޮލެޖު ޔުނިވާސިޓީގެ ކިޔެވުން ބަންދުކުރުމުން އަދި ހާލަތާ ގުޅިގެން ކުރިމަތިވި ދަތިތަކާއެކު އެގައުމުގައި ކިޔަވާ ދިވެހި ދަރިވަރުންގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ވަނީ އެނބުރި ރާއްޖެ އައިސްފައެވެ.

މެލޭޝިއާގެ އެތެރޭގެ ހާލަތު ރަނގަޅުވެ އަލުން ކިޔެވުން ފަށައި ފިޒިކަލް ކްލާސްތައް ފަށަން ތައްޔާރުވެފައިވާތީ ގިނަ ދަރިވަރުންތަކެއް ދަނީ އެނބުރި މެލޭޝިއާ އަށް ދާން އެދެމުންނެވެ. މެލޭޝިއާގެ ބޯޑަރު އަދި ހުޅުވާލާފައި ނުވާއިރު އިންޓަނޭޝަނަލް ޝެޑިއުލް ދަތުރުތައް އަދި އެ ގައުމަށް ފަށައިފައެއް ނުވެއެވެ. ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ޗާޓަރު ފްލައިޓުތައް ދަނީ ބާއްވަމުންނެވެ.

މިއަދު ދަރިވަރުން ފުރާފައިވަނީ އޭސް އޭވިއޭޝަނުން ޗާޓަރުކުރި މިލާންޑޯ އެއާގެ ފްލައިޓެއްގައެވެ. މީގެ ކުރިންވެސް އޭސް އިން ވަނީ މެލޭޝިއާ ދަރިވަރުންނަށް ހާއްސަ ފްލައިޓެއް ބާއްވައިފައެވެ.

comment ކޮމެންޓް