އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އައި އިންޑިއާ ބަޔަކު ޕޮޒިޓިވްވެއްޖެ

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ޕޮލިސް އެކެޑަމީ ހަދަން އައި އިންޑިއާ ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ ޕޮޮޒިޓިވްވީ ކަރަންޓީނުގައި ތިބި ބައެއް ކަމަށެވެ. ނަމަވެސް ޕޮޒިޓިވްވީ ކިހާ މީހުންނެއްކަމެއް އެޗްޕީއޭއަކުން ނުބުނެ އެވެ. އަދި އިތުރު މީހުން ޕޮޒިޓިވްވޭތޯ ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން ބުނީ އެކަމާ ގުޅޭ އިތުރު މައުލޫމާތު މިރޭ ހާމަކުރާނެ ކަމަށެވެ.

އައްޑޫގައި މީގެ ކުރިންވެސް ކޮވިޑްގެ މަދުކޭސްތަކެއް ފެނިފައިވެ އެވެ. އެއީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

އައްޑޫގައި ޕޮލިސް އެކަޑެމީގެ މަސައްކަތް ފެށީ 2012 ވަނަ އަހަރު އެވެ. އެތަނަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓްރެއިން ކުރުމާއި ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެއް ކަމަށް އައްޑޫ މޭޔަރު ވިދާޅުވި އެވެ.

comment ކޮމެންޓް